ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މިކަމުގެ ތުހުމަތު ކުރެވެނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާ މިހާރު ވަނީ ނިޔާވެފައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މި މަހުގެ 23 ވަނަ ދުވަހުކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އެރަށުގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ. އެ އިހުތިޖާޖު ކުރާ މީހުން ތުހުމަތު ކުރަނީ އެ އަންހެން މީހާއަކީ ހަށިވިއްކާ މީހެއްކަމަށެވެ. އަދި ހަށިވިއްކުމަށްފަހު ރޭޕް ކުރީ ކަމަށް ރިޕޯޓު ކުރަނީ ކަމަށެވެ. އެ ފިރިހެން މީހާ އަމިއްލަ އަށް މަރުވާން ދިމާވީ ވެސް މި އަންހެން މީހާ، އެ ފިރިހެން މީހާގެ މައްސަަލަ ފުލުހަށް ރިޕޯޓުކުރުމުން ގަަތް ލަދެއްގެ ބޮޑުކަމުން ކަމަށް ވެސް އެރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. ނަމަވެސް މި މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!