އޭޝިޔާ ބައްރުގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ހިމެނިއްޖެއެވެ.
އޫރިދޫއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސީސީއޯ، ޙުސައިން ނިޔާޒް ވަނީ ޓްރޭޑްފްލޮކްގެ ފަރާތުން 2025 ވަނަ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި ހިމެނިފައެވެ.
އެހެންވެ އެ ކުންފުނިން ވަނީ ސީސީއޯ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ނިޔާޒަށް މި ޝަރަފް ލިބިގެން ދިޔުމަކީ އެކުންފުނިން ވަރަށް ބޮޑަށް ފަޚުރުވެރިވާކަމެއްކަމަށް ބުނެފަވެއެވެ.
A huge congratulations to our CCO, Hussain Niyaz, for being named one of the Top 10 Tech Leaders from Asia 2025 by TradeFlock!
We’re incredibly proud of this well-deserved recognition!
Learn more https://t.co/xTHuxRvtZq pic.twitter.com/RA3wHp4FS8
— Ooredoo Maldives (@OoredooMaldives) May 18, 2025
ހުސެން ނިޔާޒަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފުޅާކޮށް، ޒަމާނީ ޚިދުމަތް ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއްވަންދެން މަސައްކަތް ކުރަށްވަމުންގެންދަވާ ޚިދުމަތްތެރިއެކެވެ. އޭނާ އަށް ލިބުނު މި ޝަރަފަކީ ދިވެހިރާއްޖެއަށް ވެސް ލިބިގެންދާ ރީތި ނަމަކާއި ޝަރަފެކެވެ.
އުރީދޫ މޯލްޑިވްސްއަކީ ދިވެހިންގެ މެދުގައި މަގްބޫލު، އެންމެ އިތުބާރު ބޮޑު މުވާސަލާތު ކުންފުންޏަށް ހެދުމުގައި ނިޔާޒްގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ޓްރޭޑްފްލޮކްގެ ފަރާތުން 2025 ވަނަ އަހަރުގެ ހޮވި އޭޝިޔާގެ އެންމެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުން ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ! އޭޝިޔާގެ އެންމެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!