ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި
ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ޙައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް ދެން ލިބޭނީ ހިލޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް […]