ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑިފައިވާ މައްސަލަ ރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސްޓެލްކޯއިން މައްސައްކަތް ކުރަމުން އަންނައިރު، ރައީސް ޑރ. މުޢިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެ...