މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,959 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދުންފަތް ވިއްކާނަމަ ލައިސަންސް ނެގުމަށް ހަދާންކޮށްދީފި
Raajje

ދުންފަތް ވިއްކާނަމަ ލައިސަންސް ނެގުމަށް ހަދާންކޮށްދީފި

ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ. ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނަގަންޖެހެއެވެ. ދުންފަތުގެ ވިޔަފާރިކ...

ފަލަސްތީނުގެ މައްޗަށް ނަފުރަތު އުފެދޭގޮތަށް ބީބީސީން ޢަމަލުކުރާތީ ކަންބޮޑުވެ މުވައްޒަފުންތަކެއްގެ ސިޓީއެއް
News

ފަލަސްތީނުގެ މައްޗަށް ނަފުރަތު އުފެދޭގޮތަށް ބީބީސީން ޢަމަލުކުރާތީ ކަންބޮޑުވެ މުވައްޒަފުންތަކެއްގެ ސިޓީއެއް

ފަލަސްތީނުގެ މައްސަލައިގައި ބީބީސީ އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީޑިއާގެ 100 އަށްވުރެ ގިނަ މުވައްޒަފުން އެތަނުގެ އިސްވެރިންނަށް ސިޓީއެއް ފޮނުވައިފިއެވެ. މީޑިއާ ދާއިރާގެ 300 އަށްވުރެ ގިނަ ފަރާތްތަކުގެ ތާއީދާއެކު ފޮނުވި މި ސިޓީގައި، އިސްރާއީލާ ގުޅޭގޮތުން ބީބީސީން “ސެންސަރޝިޕް” ގެންގުޅޭ ކަމަށާއި، އިސްރާއީލު ސަރުކާރާއި ސިފައިންގެ “ޕަބްލިކް ރިލޭޝަންސް” ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. “ޑެޑްލައިން” ގައި ޝާއިޢުކުރި މި ސިޓީގައި، ޚާއްޞަކޮށް “ގާޒާ: މެޑިކްސް އަންޑަރ ފަޔަރ” ޑ...

ޣައްޒާ ''އަޅިއަށް'' ބަދަލުކޮށްލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި
International

ޣައްޒާ ''އަޅިއަށް'' ބަދަލުކޮށްލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

ޖައްބާރު އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް 60 ދުވަހަށް ހުއްޓައިލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވަނީ ހަމާސްއަށް މި އެއްބަސްވުން ޤަބޫލުކުރުމަށް ގޮވާލައްވާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހަމާސްއިން އެ އެއްބަސްވުމަށް އިންކާރުކޮށްފިނަމަ ޣައްޒާ “އަޅިއަށް” ބަދަލުކޮށްލާނެކަމަށް އިސްރާއީލުން އިންޒާރުދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައިކުގައި ބުނެއެވެ. އެކްސިއޮސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އިސްރާއީލުގެ އިސް އޮފިޝަލެއް ބުނެފައި ވަނ...

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެގޮތުން، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުންތަކާއި ދަތިތައް ރައީސް ވަނީ ސަމާލުކ...

"ޕްރޮޖެކްޓް ސޯލަރ ސިޓީ" ރާއްޖޭގެ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅައިފި
Raajje

"ޕްރޮޖެކްޓް ސޯލަރ ސިޓީ" ރާއްޖޭގެ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅިގެން “ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނ...

ރައީސް ސިންގަޕޫރުގެ އައިޓީއީ ހެޑްކުއާޓާޒްއާއި، ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތެއް
Raajje

ރައީސް ސިންގަޕޫރުގެ އައިޓީއީ ހެޑްކުއާޓާޒްއާއި، ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ މި ޒިޔާރަތުގައި، ބޭރުގެ ޤައުމުތަކަށް ހުނަރު ތަރައްޤީކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދޭ އައި.ޓީ.އީން ވަނީ ދިވެހިރާއްޖެއަށް އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި މަރުޙަބާ ދަންނަވާފައެވެ. ރައީސް މި ދަތުރުފުޅުގައި، މަތީ ތަޢުލީމާއި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމުގެ ދާއިރާއިން...

ތައިލެންޑްގެ ބޮޑުވަޒީރު ވަގުތީގޮތުން ސަސްޕެންޑްކޮށްފި
International

ތައިލެންޑްގެ ބޮޑުވަޒީރު ވަގުތީގޮތުން ސަސްޕެންޑްކޮށްފި

ތައިލެންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން، އެ ގައުމުގެ ބޮޑުވަޒީރު ޕެއޮންގްތާން ޝިނަވަތްރާ ވަގުތީ ގޮތުން މަޤާމުން ސަސްޕެންޑް ކޮށްފިއެވެ. ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުންގެންދަވާ ޕެއޮންގްތާންގެ މައްޗަށް ވަގުތީ ސަސްޕެންޝަނެއް އައީ ކެމްބޯޑިއާގެ އިސް ވެރިއަކާއެކު އޭނާ ކުރެއްވި ފޯނު މުޢާމަލާތެއްގެ ރެކޯޑިންގ ލީކްވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ބަލަމުންދާ ތަޙްޤީޤެއްގެ ދަށުންނެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސި...

މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެ: ޓްރަމްޕް
International

މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެ: ޓްރަމްޕް

ޓެސްލާގެ ސީއީއޯ އެލޮން މަސްކަކީ އިންސާނަކަށް ލިބޭ އެންމެ ބޮޑު ސަބްސިޑީ ލިބޭ މީހާ ކަމަށާއި، ސަބްސިޑީ ނުލިބޭނަމަ މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެފިޝެންސީ ޑިޕާޓްމަންޓުން ޓެސްލާގެ ވެރިޔާ މަސްކްގެ ކުންފުނިތަކަށް ލިބިފައިވާ ސަބްސިޑީތައް ބަލައި، ފެޑެރަލް ސަރުކާރަށް “ބޮޑު” އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ވަރަށްގާތް އެކުވެރި...

ރައީސް، ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފި
Raajje

ރައީސް، ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އައު ހުށަހެޅުންތަކަކާ އެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމް އިންތިޒާމުކޮށްފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ސަރުކާރުން އިޤްތިޞާދީ ގުޅުންތައް ވަރުގަދަ ކުރުމަށް ގެންގުޅުއްވާ ފަހި ސިޔާސަތު ދައްކުވައިދިނުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. މި ފޯރަމްގައި ރައީސް ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ...

އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި
International

އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި

ޓެކްނޮލޮޖީ މަހުޖަނު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދުގާރު އީލޮން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް އީރާނުގައި މަނާކުރުމަށް އެ ޤައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. ހުޅަނގުގެ ޤައުމުތަކާ އީރާނުގެ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ޕާލިމެންޓުން ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިކަމަށް ނިއުސްވީކް އާއި އެހެނިހެން ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓ...

ކަޒަކިސްތާނުން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކޮށްފި
International

ކަޒަކިސްތާނުން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކޮށްފި

ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން މަނާކުރާ ޤާނޫނު އެ ޤައުމުގެ ރައީސް ކަސިމް-ޖޮމާޓް ޓޮކައެވް ތަސްދީދުކުރަށްވާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ މެދު އޭޝިއާގެ ގިނަ ޤައުމުތަކުން އިސްލާމީ ހެދުމުގެ ބައެއް ބާވަތްތައް މަނާކުރުމުގެ ޓްރެންޑަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި “މޫނު ދެނެގަތުމަށް ހުރަސްއެޅޭ” ހެދުން އާންމު ތަންތަނުގައި އެޅުން މަނާކުރެވޭނެއެވެ. ނަމަވެސް ޞިއްޙީ ބޭނުންތަކަށާއި، މޫސުން ގޯސްވ...

ރާއްޖޭގައި އުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު އިފްތިތާޙްކޮށްފި
Raajje

ރާއްޖޭގައި އުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު “ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ” މިއަދު އިފްތިތާޙްކޮށްފިއެވެ. ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘީމް އިބްރާހިމެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ގައުމުތަކުގެ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އާއި ގުޅުން...

ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ

ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިމެނޭހެން ޤުރުއާނާބެހޭ މަރުކަޒަކާއި 12 މިސްކިތެއް މި އަހަރު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް މި 2025 ވަނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރެވޭ އިސްލާމީ މަރުކަޒަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި 12 ރަށެއްގައި އަޅާ މިސްކިތްތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ. މިގޮތުން މިއަހަރު ހުޅުވޭނެކަމަށް ޝަހީމް ވިދާޅުވެފައިވާ އިސްލާމީ މަރުކަޒަކ...

''ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް، ގެއްލިގެން ހޯދާ ފަޅުވެރިޔާވީ އިންޖީނު ރޫމް ތެރޭ!''
Raajje

''ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް، ގެއްލިގެން ހޯދާ ފަޅުވެރިޔާވީ އިންޖީނު ރޫމް ތެރޭ!''

25 ޖޫން 2025 ވަނަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުންޖަހާލީ ދިޔަވެ ކުއްލިއަކަށް ކަމަށާއި، އެ ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން ހޯދަމުން އަންނަ ބިދޭސީ ފަޅުވެރިޔާ އެވަގުތު ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމް ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. ނޫސްވެރިޔާ އަލީ ސުލައިމާން ވަނީ […]

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރު ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވާ، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރު ހޯދައި އިޤްތިޞާދު ތަފާތުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއި...