މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,959 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް
Raajje

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި އެ ޤަައުމާއި ދެމެދު ތިން އެއްބަސްވުމެއް (ފަހުމުނާމާ) ގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. ސޮއިކުރެވުނު ތިން ފަހުމުނާމާގެ ތެރޭގައި ހިމެނެނީ: ޤާބިލުކަން ބިނާކު...

ރައީސް މުޢިއްޒު ސިންގަޕޫރުގެ ރައީސްއާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ސިންގަޕޫރުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު...

ސިންގަޕޫރުން ރަސްމީކޮށް ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވައިފި
Raajje

ސިންގަޕޫރުން ރަސްމީކޮށް ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް ސިންގަޕޫރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ. އެ ޤައުމުން މިއަދު ވަނީ ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އަދި ފަސްޓް ލޭޑީއަށް ރަސްމީ މަރުޙަބާ ދެންނެވީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ޖޭން އިޓޯގީ […]

މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަކީ އަމާޒެއް: ރައީސް
Raajje

މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަކީ އަމާޒެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެންނަށް ބައިވެރިވެވޭ މާހައުލެއް ޤާއިމުކުރުމަކީ އަމާޒެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހުގެ މުނާސަބަތުގައި، ޑިމޮކްރަސީ ދެމެހެއްޓުމާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމުގައި ޕާލިމެންޓްތަ...

ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަންދީފި
Raajje

ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަންދީފި

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ. މި ގަހަށް އެ ދެކަނބަލުންގެ ނަންފުޅަށް ހާއްސަކޮށް ނަންދީފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގާޑަންގެ “ވީ.އައި.ޕީ އޯކިޑްސް” ކަލެކްޝަންގައެވެ. ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައި...

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ހުށަހަޅައިފި
Parliament

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން އިސްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު ސްޕޮންސަރކުރަށްވާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މި ބިލުގެ މައިގަނޑު މަޤްޞަދުތަކަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓުމާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލުތައް ތަފްޞީލުކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ހުށަހެޅުނު މި ބިލުގެ މަ...

ފަރުވާދެމުންދިޔަ 8 މަހުގެ ކުއްޖަކު ނިޔާވި މައްސަލަ ދަނީ އިތުރަށް ބަލަމުން: އައިޖީއެމްއެޗް
Raajje

ފަރުވާދެމުންދިޔަ 8 މަހުގެ ކުއްޖަކު ނިޔާވި މައްސަލަ ދަނީ އިތުރަށް ބަލަމުން: އައިޖީއެމްއެޗް

ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދުންދިޔަ 8 މަހުގެ ތުއްތުކުއްޖެއްގެ ނިޔާވި މައްސަލާގައި މީސް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފިއެވެ. އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެ ކުއްޖާ ނިޔާވުމުން ހިތާމަކުރާކަމަށް ބުނެފައެވެ. އަދި ޢާއިލާއަށް ކެތްތެރިކަމަށް އެދިފައެވެ. މިކަމާއި ގުޅޭގޮތުން މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ، މިހާތަނަށް ބެލިބެލުމުން ނިޔާވި ކުއ...

ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދައިފި
Raajje

ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފިއެވެ. އެތަން އުފައްދަވައި އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. ރައީސް މި އިދާރާ އުފެއްދެވިކަން އިޢުލާން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް...

ރައީސް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ
Raajje

ރައީސް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ސިންގަޕޫރަށް ރަސްމީ ދަތުފުޅެއް ކުރަށްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅުގައި ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ށް ކަމަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރ...

އާމްދަނީ އިތުރުވެ 17.6 ބިލިއަން ރުފިޔާއަށް އަރައިފި
Raajje

އާމްދަނީ އިތުރުވެ 17.6 ބިލިއަން ރުފިޔާއަށް އަރައިފި

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 19 ޖޫން 2025ގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މާލީ ވުޒާރާއިން މިހާރު ވަނީ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ. މި ރިޕޯޓަކީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން އަދާހަމަކޮށް އާންމުކުރަމުން އަންނަ ރިޕޯޓެކެވެ. މިގޮތުން މާލީ ވުޒާރާއިން އާންމުކޮށްފައިވާ 19 ޖޫން 2025 ގެ...

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ހިމެނޭ ދެ ސްކީމްގެ ތަފްސީލް ހާމަކޮށްފި
Raajje

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ހިމެނޭ ދެ ސްކީމްގެ ތަފްސީލް ހާމަކޮށްފި

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ “ހިޔާވެހި ފައިނޭންސް ސްކީމް” ގެ ދަށުން ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މިގޮތުން ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ދެ ސްކީމެއް ހިމެނޭއިރު އެ ދެ ސްކީމްގެ ތަފްސީލުތައް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާރު ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވާ ދެ ސްކީމަކީ “ފަހިމާލެ ސްކީމް” އާއި “ސަހަރު ސްކީމ...

މުޅި ރާއްޖެއަށް އުދައަރާފާނެކަމަށް ލަފާކޮށް ހުދު ސަމާލު
Raajje

މުޅި ރާއްޖެއަށް އުދައަރާފާނެކަމަށް ލަފާކޮށް ހުދު ސަމާލު

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް އުދައަރާފާނެކަމަށް ލަފާކޮށް  ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް އުދައަރާފާނެކަމަށް ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު މެންދުރު 13:30 އިން އިރު އޮއްސި 17:00 އާއި ހަމަ އަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެ އަށް އުދައަރާފާނެކަމަށް ލަފާކޮށްފައިވާއިރު، […]

ފަރީދުގެ ހަނދާނުގައި އަޅާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފި
Raajje

ފަރީދުގެ ހަނދާނުގައި އަޅާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފި

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އަޅާ ދެ މިސްކިތުގެ ތެރެއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އެޅުމަށް ސެއިޚްގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު ބަންގްލަދޭޝް އަށް ފުރީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ސައިޚް ޚިދުމަތްކުރެއްވި ޖަމިއްޔާ، ޚިދުމަތް ޖަމިއްޔާއިން ވަނީ ސައިޚްގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ޖަމިއްޔާގެ […]

ސައޫދީގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި
International

ސައޫދީގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި  ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރީ ކ...

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް
Raajje

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށެވެ. މިއިންސުއަރެންސް ތައާރަފްކުރަން...