ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެގޮތުން، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުންތަކާއި ދަތިތައް ރައީސް ވަނީ ސަމާލުކަމާއެކު އަޑުއައްސަވާފައެވެ. މި

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ރައްޔިތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިންގެ ފަރާތުން ސަމާލުކަން ދެއްވައި، އެފަރާތްތަކުގެ ހާލަތު ގާތުން ދެނެގަތުމެވެ.

ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.

މިފަދަ ބައްދަލުވުންތަކަކީ ދުރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކާ ގާތް ގުޅުމެއް ބަދަހިކުރުމަށް ވަރަށް މުހިންމު ފުރުސަތެކެވެ.

29 ޖޫންގައި ރައީސް ސިންގަޕޫރަށް ފެއްޓިވި ދަތުރުފުޅު މާދަމާ (ބުދަ ދުވަހު) ނިންމަވާލައްވާނެއެވެ.