ހުޅުމާލޭ ވިނަރެސްގެ ޓަވަރަކުން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިގެން ހަރަކާތެރިވަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު 16:40 ހާއިރުއެވެ.
އޭނާ ވެއްޓުނީ ވިނަރެެސްގެ 8 ވަނަ ޓަވަރުންނެވެ. އޭނާ ވެއްޓުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާކަމަށް ފުލުހުން ވަނީ 17:40 ހާއިރު ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!