މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,935 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބޮޑު ބަޔަކަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

ބޮޑު ބަޔަކަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު ދަންމާލައިފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިއްޔެ ވަނީ މޫސްގޯސްވާނެތީ މުޅި ރާއްޖެ އަށް ހުދު ސަލާމު ނެރެފައެވެ. އެ ސަމާލުގެ ވަގުތު ރޭ 20:00 އަށް ހަމަވެފައިވާއިރު، އޭގެ ފަހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހއ. […]

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމާއި ގުޅޭ ކޮންފަރެންސްގައި ރާއްޖެ
International

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމާއި ގުޅޭ ކޮންފަރެންސްގައި ރާއްޖެ

އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން އެކުވެރި ދައުލަތްތައް (އދ)ގެ މައި މަރުކަޒުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ވަނ...

އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި
Raajje

އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އާރުސީއެލް އިން އެ ކުންފުނީގެ މީސްމީޑިއާ އެކައުންޓްތަކުން ވަނީ އޭނާ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. މުބީން އިސްތިއުފާ ދެއްވާފައިވާއިރު، ސަރުކާރުގެ އެސްއޯއީ ރިފޯމް މަސައްކަތްތަކުގެ ދަށުން އާރްއޭސީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ...

އުއްތަމަ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

އުއްތަމަ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މަޤާމު ހުސްވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ރިޓަޔަރ ކުރެއްވުމުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅުން ހޯދުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު، މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ހައި ކޯޓުގެ ކުރީގެ...

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Raajje

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ކަނޑުތައް ހަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގަ...

ތަހުގީގުގެ ބޭނުމަށް އިތުރު ތަހުލީލުތައް ހެދުމަށް މޫސަގެ ހަށިގަނޑު މާލެ ގެނެސްފި
Raajje

ތަހުގީގުގެ ބޭނުމަށް އިތުރު ތަހުލީލުތައް ހެދުމަށް މޫސަގެ ހަށިގަނޑު މާލެ ގެނެސްފި

ލ. މާވަށުގައި ވަޅިން ހަމަލާދީ އިއްޔެ މަރާލާފައިވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް (ނަލަހިޔާ، ލ. މާވަށް)ގެ ހަށިގަނޑު މާލެ ގެނެސްފިއެވެ. ފުލުހުން ބުނިގޮތުގައި މޫސަގެ ހަށިގަނޑު ވަނީ ތަހްގީގުގެ ބޭނުމަށް އިތުރު ތަހްލީލްތައް ހެދުމަށް މާލެ ގެނެސްފައެވެ. މޫސަގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ހެނދުނު މާވަށުގައި މިމާރާމާރީ ހިނގައިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:12 ހާއިރު ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރި […]

މަޖިލީހާ ގުޅޭ މައުލޫމާތެއް އާންްމުކުރުމުގެ ކުރިން ތެދު ކަށަވަރުކުރަން އެދިއްޖެ
Parliament

މަޖިލީހާ ގުޅޭ މައުލޫމާތެއް އާންްމުކުރުމުގެ ކުރިން ތެދު ކަށަވަރުކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހާ ގުޅޭ މައުލޫމާތެއް އާންްމުކުރުމުގެ ކުރިން އެ މައުލޫމާތެއްގެ ތެދު ކަށަވަރުކުރުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ. މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާއި ގުޅިގެން މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ މައުލޫމާތަކާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ ރޫހާއެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ މަސައްކަތްތަކާއި މައުލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މަޖީހުގެ ޖަލްސާތަކާއި ބައްދަލުވުންތައް އާންމުކޮށް ކުރި...

ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ލޮޅުމެއްގެ އަސަރު ކުރި: މެޓް
Raajje

ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ލޮޅުމެއްގެ އަސަރު ކުރި: މެޓް

ނިކޯބާ އައިލެންޑްސްއަށް ރޭ އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމުގެ ލޮޅުމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރިކަމަށް ރެކޯޑްކުރެވިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. އިންޑިއާގެ ނިކޯބާ އައިލެންޑް ނުވަތަ އިހުގައި ދިވެހިން ކިޔާގޮތުންނަމަ އަންޒަމާންކަރަ އަށް މި ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަޑިން 23:41 ގައެވެ. މި ބިންހެލުމަށްފަހު ލޮޅުމެއްގެ އަސަރުކުރިކަމަށް ބައެއް ދިވެހިން ރޭ މީސްމީޑިއާގައި ބުނެފަވެއެވެ. މެޓު އޮފީ...

ނިކޯބާ އައިލެންޑްސް އަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
Raajje

ނިކޯބާ އައިލެންޑްސް އަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ނިކޯބަރ އައިލެންޑްސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. މެޓް އޮފީހުން ބުނިގޮތުގައި ނިކޯބަރ އައިލެންޑްސް އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 2215 ކިލޯ މީޓަރު ދުރުންނެވެ. އެހެންކަމުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ނިކޯބާ އައިލެންޑް ނުވަތަ އިހުގައި ދިވެހިން ކިޔާގޮތުންނަމަ އަންޒަމާންކަރަ އަށް މި ބިންހެލުން އައިކަމަށް […]

މާވަށުގައި މީހަކު މަރާލި މައްސަލަ: ހަމަލާދިން ވަޅި މޫދުއަޑިން ހޯދައިފި
Raajje

މާވަށުގައި މީހަކު މަރާލި މައްސަލަ: ހަމަލާދިން ވަޅި މޫދުއަޑިން ހޯދައިފި

ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލުމަށް ބޭނުންކުރި ވަޅި ފުލުހުން ހޯދައިފިއެވެ. މާވަށުގައި މިއަދު ވަނީ ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް ވަނީ މަރުވެފައެވެ. ފުލުހުން ބުނީ މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި މޫދުއަޑިން ހޯދާފާވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ.

ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ތިންދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް
Raajje

ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ތިންދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމާގައި މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ޙަސަން ޞާބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ. ޙަސަން ޞާބިރު އަވަހާރަވިއިރު އަނބިކަނބަ...

މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމެވެ. މާވަށުގައި މިއަދު ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:12 ހާއިރުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި މި މާރާމ...

ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ
Raajje

ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މަރުޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަވަހާރަވުމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މިއީ މުޅި ދިވެހި ޤައުމަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ. މީގެ އިތުރުން، މަރުޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަޤާމުގައްޔާއި ސަފީރު ކަމުގެ މަޤާމުގައި، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެ...

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި
Raajje

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލައިފިއެވެ. ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާކަމުގެ މިއަދު ހެނދުނު 10:12 ހާއިރު އެ އިދާރާ އަށް ލިބުނު ކަމަށެވެ. ’’އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ’’ ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް، ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިހާތަނަށް ބެލިބެލުމިން މި މާރާމާރީ އަކީ ދެ […]

ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި
Raajje

ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި

އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސަށް އިސްތިގުބާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ. މި ދަތުރ...