މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,917 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޣައްޒާ ރައްޔިތުންނަށް ދޭ އަނިޔާއާއި ދެކޮޅަށް މޮރޮކޯގެ ޑޮކްޓަރުން ބަނޑުހައިހޫނުކަމުގެ އިހުތިޖާޖެއް
International

ޣައްޒާ ރައްޔިތުންނަށް ދޭ އަނިޔާއާއި ދެކޮޅަށް މޮރޮކޯގެ ޑޮކްޓަރުން ބަނޑުހައިހޫނުކަމުގެ އިހުތިޖާޖެއް

ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް މޮރޮކޯގެ ޑޮކްޓަރުން ބަނޑުހައިހޫނުކަމުގެ އެއް ދުވަހުގެ އިހްތިޖާޖެއް ކޮށްފިއެވެ. މިއީ “ޑޮކްޓަރސް ފޯ ޕެލެސްޓައިން” މި ނަމުގައި މޮރޮކޯގައި ހިންގާ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމްކުރި ހަރަކާތެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ބޭއްވި އެއް ދުވަހުގެ ބަނޑުހައިހޫނުކަމުގެ މި އިހްތިޖާޖުގައި މޮރޮކޯގެ އެތައް ސަތޭކަ ޑޮކްޓަރުންނެއް ބައިވެރިވެފައި...

އިސްރާއީލުގެ ދޮގުތައް ބަޔާންކޮށް ދުނިޔޭގެ ފާހަގަކޮށްލެވޭ 200 އަށްވުރެގިނަ ލީޑަރުންގެ ސިޓީއެއް އދ.އަށް
International

އިސްރާއީލުގެ ދޮގުތައް ބަޔާންކޮށް ދުނިޔޭގެ ފާހަގަކޮށްލެވޭ 200 އަށްވުރެގިނަ ލީޑަރުންގެ ސިޓީއެއް އދ.އަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 200 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށް އިސްރާއީލްގެ ”ބޮޑެތި ދޮގުތައް” ބަޔާންކޮށް، އިސްރާއީލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ގުޅިފައިވާ ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކާއި، ތައުލީމީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ދީނީ ޢިލްމްވެރިންނާއި...

ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުން ރައީސް މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި
Raajje

ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުން ރައީސް މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

ފަލަސްތީނުގެ ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުމުން އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރަށްވައިފިއެވެ. މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ ވަކި ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައެވެ. އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލީ އޮކި...

ޣައްޒާ ފޭރިގަނެ ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި
International

ޣައްޒާ ފޭރިގަނެ ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި

މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ޣައްޒާގެ ބިންތައް ފޭރިގަންނަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފިއެވެ. އިސްރާއީލްގެ ބޮޑުވަޒީރު އޮފީހުން ހުކުރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ނެތަންޔާހޫ ހުށަހެޅި ޕްލޭން އެގައުމުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ. “އައިޑީއެފް (އިސްރާއީލް ޑިފެންސް ފޯސް) އިން ހަނގުރާމައިގެ ސަރަހައްދުން ބޭރ...

މާލޭގައި ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ
Raajje

މާލޭގައި ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ

މާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މާލޭގެ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސްޓެލްކޯގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ...

މެމްބަރު އައްބާސްގެ ވާހަކަތައް ޕީއެންސީން ދޮގުކޮށްފި
Raajje

މެމްބަރު އައްބާސްގެ ވާހަކަތައް ޕީއެންސީން ދޮގުކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕާ ގުޅުވައިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައިވާ ވާހަކަތައް އެ ޕާޓީގެ ޕީޖީ ގްރޫޕުން ދޮގުކޮށްފިއެވެ. އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ 13 ނުވަތަ 14 މެންބަރަކު މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި ބުދަ ދުވަހު ބޭއްވުނު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާމެދު މެންބަރު...

ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ވަތްއިރު ފެނުނީ ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ
Raajje

ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ވަތްއިރު ފެނުނީ ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ

ފުލުހުންނަށްް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހްގީގަށް ހިޔާ އެޕާޓްމަންޓަކަށް ވަތްއިރު ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި 7 އޯގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:14 ގައި އެ އިދާރާއަށް ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ރިޕޯޓް ލިބިފައެވެ. މި ރިޕޯޓާއި ގުޅިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ އެޕާޓްމަންޓަކަށް ފުލުހުންވަދެ، ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. ”މި މައްސަލާގައި ޖުމްލަ 242 ވޭޕް […]

ޑްރަގާއި ބަނގުރަލުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގާއި ބަނގުރަލުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެމީހުންނަކީ ލ. ގަމުގެ ޢަލީ ޝާމް (29) އާއި ހއ. ހޯރަފުށީގެ ޢަލީ އަޢުފާން (20) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 6 ވަނަ ދުވަހުގެ ރޭ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައ...

ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަށް އެމެރިކާއިން ދޭ އިނާމު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފި
International

ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަށް އެމެރިކާއިން ދޭ އިނާމު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ދޭ އިނާމް 50 މިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ އެޓަރނީ ޖެނެރަލް ޕެމް ބޮންޑީ އެވެ. އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބޮންޑީ ވަނީ މަދޫރޯ ޓްރެން ޑެ އަރަގުއާ އަދި ސިނަލޯއާ ކާޓެލް ފަދަ ގްރޫޕްތަކާއެކު މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކުރިން އެމެރިކާއިން މަދޫރޯއާ ގުޅޭ މަޢުލ...

ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފި
News

ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އަގެއްގައި ކުރިއަށްގެންދާ މަސައްކަތަކީ ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށް 33.7 […...

އިޒްރޭލުން ޣައްޒާގައި ހިމާޔަތް ހޯދަން މީހުން ވަދެތިބި 500 އަށްވުރެ ގިނަ ސްކޫލަށް ބޮން އަޅާފައިވޭ
International

އިޒްރޭލުން ޣައްޒާގައި ހިމާޔަތް ހޯދަން މީހުން ވަދެތިބި 500 އަށްވުރެ ގިނަ ސްކޫލަށް ބޮން އަޅާފައިވޭ

2023 އޮކްޓޯބަރުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހިމާޔަތް ހޯދުމަށް ފަލަސްތީނު މީހުން ވަދެ ތިބި 500 އަށްވުރެ ގިނަ ސްކޫލްތަކަށް އިސްރާއީލުން ބޮން އަޅާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ކަށަވަރުކޮށްދީފިއެވެ. އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި ޣައްޒާގެ އެތައް ހާސް ބަޔެއްގެ ގެދޮރު ސުންނާފަތިކޮށް ވަނީ މަގުމަތިކޮށްލާފައެވެ. އަދި އެތައް ބަޔަކު ޝަހީދުކޮށްލުމުން މައިންބަފައިން ނުވަތަ އަނބިން ނުވަތަ ފިރިން ޝަހީދުކޮށްލ...

ފަލަސްތީނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 61,258 އަށް، ޒަޚަމްކޮށްލި މީހުންގެ އަދަދު 152,045 އަށް 
International

ފަލަސްތީނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 61,258 އަށް، ޒަޚަމްކޮށްލި މީހުންގެ އަދަދު 152,045 އަށް 

އޮކްޓޯބަރު 2023 އިން ފެށިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލީ މަރުގެ ހަނގުރާމައިގައި މަދުވެގެން 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް، އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި 197 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. ޣައްޒާގެ ސިއްހީ ވުޒާރާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 100 ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެވުނެވެ. އަދި 603 މީހުން ޒަހަމްވެފައިވެއެވެ. މިއާއެކު އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލު...

ޖަރުމަނުގެ 80 އިންސައްތަ ރައްޔިތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅު
International

ޖަރުމަނުގެ 80 އިންސައްތަ ރައްޔިތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅު

ޖަރުމަނުވިލާތުގެ 80 އިންސައްތަ ރައްޔިތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅުކަމަށް ފޯކަސް ނިއުސް މަޖައްލާއިން ބުރާސްފަތި ދުވަހު ޝާއިޢުކުރި ސާވޭ ނަތީޖާތަކުން ދައްކައިފިއެވެ. މި ސާވޭ ދައްކާގޮތުން 80 އިންސައްތަ ޖަރުމަނު ރައްޔިތުން އިސްރާއީލްގެ އަނިޔާވެރިކަމާމެދު ހިތްހަމަނުޖެހޭއިރު، އިސްރާއީލާއި ދެކޮޅަށް ދައުވާތައް އުފުލުމާއެކު ޖަރުމަނު ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅުމަށް، ސާވޭގައި ބައިވެރިވި 75% މީހުން ބޭނުންވެއެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގެ 40% ރައްޔިތުން ދެކޭގޮތުގައ...

''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން: އިމިގްރޭޝަން
Raajje

''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން: އިމިގްރޭޝަން

އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. އިމިގްރޭޝަނުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ. ”މި މައްސަލައާއި ގުޅިގެނ...

އިޓަލީގެ މަޖިލީހުގެ މެމްބަރުންތަކެއް ފަލަސްތީނު ދިދައިގެ ކުލައިން ހެދުންއަޅައި ސުލްހަވެރި އިހްތިޖާޖެއް
International

އިޓަލީގެ މަޖިލީހުގެ މެމްބަރުންތަކެއް ފަލަސްތީނު ދިދައިގެ ކުލައިން ހެދުންއަޅައި ސުލްހަވެރި އިހްތިޖާޖެއް

އިޓަލީވިލާތުގެ ޕާލަމެންޓްގެ މެމްބަރުންތަކެއް ފަލަސްތީނުގެ ދިދައިގެ ކުލައިން ހެދުންއަޅައި، ފަލަސްތީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި އިޓަލީގެ ޕާލަމެންޓްގައި ސުލްހަވެރި އިހްތިޖާޖެއްކޮށްފިއެވެ. މިކަން ހިނގާފައި ވަނީ އިޓަލީގެ ޗެމްބަރ އޮފް ޑެޕިއުޓީސްގެ ސުވާލު ވަގުތުގައި، އެ ގައުމުގެ ޕާލިމެންޓަރީ ރިލޭޝަންސް މިނިސްޓަރ ލޫކާ ސިރިއާނީ ފަލަސްތީނަށް އިޓަލީން ދޭ އިންސާނީ އެހީގެ ތަފްސީލު ހާމަކުރި ވަގުތާއި ދިމާކޮށެވެ. އެވަގުތު އިޓަލީގެ ޕްރޮގްރެސިވް ޕާޓީއެއް ކަމުގައިވާ ފައިވް ސްޓާ މޫވްމަންޓުން ޣައްޒާގެ ހަނގ...