މާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި މާލޭގެ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ސްޓެލްކޯގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ ކޭބަލްތައް ބުރިކޮށް ވިއްކާ މައްސަލަ މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކޭބަލް ވަގަށް ނެގުން އިތުރުވެފައިވާއިރު، އާންމުކޮށް މިކަން ކުރަމުން އަންނަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ތިބޭ މީހުންކަން ފާހަގަކުރެވެއެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކޭބަލް ވަގަށް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހި ނުރައްކާތެރި ހާލަތު ކުރިމަތިވެފައި ވެސް އެބަހުއްޓެވެ.

މިގޮތަށް ކޭބަލް ވަގަށް ނެގުމުގެ ސަބަބުން އެ ސަބްސްޓޭޝަނެއް ހުންނަ ސަރަހައްދެއްގެ ގެ ތަކުން ކަރަންޓްކެނޑި އާންމު ދިރިއުޅުމަށް ވެސް ދަތިތައް ފޯރައެވެ.