މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,883 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
Raajje

ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެއެވެ. ކޮލަމާ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ގއ. ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 13:35 ހާއިރުއެވެ. ބޯޓު ފެނުމުން ކެޕްޓަން ވަނީ ފުލުހުންގެ ލޯންޗެއްގައި ފަރުވާދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ […]

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް […]

ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި
Raajje

ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވ...

މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް
Parliament

މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލަން ދެވަނަ ފަހަރަށް ޢިއުލާންކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމަށް 27 އޯގަސްޓް 2025 ގައި ޢިއުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން އެކަމަށް އަލުންކުރި ޢިއުލާންގައި ބުނެފަވެއެވެ. އެހެންވެ އެ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށް، މަޖިލީހުން ބުނީ ނީލަން ކިޔުމަށް ހަ...

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި

ކުޅުދުއްފުށީ ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ނެރުމައްޗަށް އިއްޔެ އެރި ބޯޓު މިއަދު ފުންކޮށްފިއެވެ. ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކަށް ދަތުރުކުރާ މި ބޯޓު ކުޅުދުއްފުށީ ނެރުމައްޗަށް އެރީ އިއްޔެ ހަވީރުއެވެ. ބޯޓު ފަރަށް އެރިއިރު އެއިގައި ހުރީ 500 އެއްހާ ފެން ކޭސްކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާއިރު، އެ ބޯޓު އޮތީ މިހާރު އޮތީ ކުޅުދުއްފުށީ ކަސްޓަމްސް ސަރަހައްދީ ބަނދަރުގެ އުތުރުން އޮތް ދިމާލަށް ކައިރިކޮށްފައެވެ. މައުލޫމާތު […]

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި
Thiladhunmathi News

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ […]

ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް
Raajje

ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މާމަ ކާފަ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވިގޮތުގައި، ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެކެވެ. ”މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ،...

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި
Raajje

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އިސްލާޙެއް ގެނެސް އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިއެވެ. މިގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ “ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011″ގެ 129 ވަނަ މާއްދާ އިސްލާޙްކޮށްފައިވާ ކަމަށް ބުނެފައެވެ. މި މާއްދާގައި ކުރިން އޮންނަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު، ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަނ...

ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަނީ
Raajje

ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަނީ

ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ. ތަނބުރުދޫ އަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ތަނބުރުދޫ ސަރަޙައްދުގައި “ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025” ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އެހެންވެ މި މުބާރާތް އޮ...

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ. އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި [...

ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫން: ޢަލީ އާރިފް
Raajje

ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫން: ޢަލީ އާރިފް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫންކަމަށް ނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ޢަލީ އާރިފް މިފަދައިން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނޭ ވިދާޅުވިގޮތުގައި ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާ ހައްދަ...

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިތަނުން ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެއީ ސަރީލަންކާ އަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އަނެއް މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ. ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަން މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައ...

ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ ރައީސް މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް މުޢިއްޒު ވަނީ ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި އިޤްތިޞާދީ ތ...

ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ
Thiladhunmathi News

ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ

ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ. 29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް...

ރާއްޖެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގައި މަރްޙޫމް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑު: ރައީސް
News

ރާއްޖެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގައި މަރްޙޫމް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑު: ރައީސް

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދުމުގައި  ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ދައުލަތުން އަރުވާފައިވާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީކަން ފާހ...