ކުޅުދުއްފުށީ ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ނެރުމައްޗަށް އިއްޔެ އެރި ބޯޓު މިއަދު ފުންކޮށްފިއެވެ.

ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކަށް ދަތުރުކުރާ މި ބޯޓު ކުޅުދުއްފުށީ ނެރުމައްޗަށް އެރީ އިއްޔެ ހަވީރުއެވެ.

Ad
rt

ބޯޓު ފަރަށް އެރިއިރު އެއިގައި ހުރީ 500 އެއްހާ ފެން ކޭސްކަމަށް މައުލޫމާތު ލިބެއެވެ.

ފަރަށް އެރި ޑީއެމްއޭ އެކްސްޕްރެސް ފުންކޮށްފައި، ފޮޓޯ: ކިޔުންތެރިއެއް

އެ ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާއިރު، އެ ބޯޓު އޮތީ މިހާރު އޮތީ ކުޅުދުއްފުށީ ކަސްޓަމްސް ސަރަހައްދީ ބަނދަރުގެ އުތުރުން އޮތް ދިމާލަށް ކައިރިކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ބޯޓު ފަރަށްއެރީ އިންޖީނު ހެދުމަށް ފަހު ކުޅުދުއްފުށީ ސިޓީގެ ބަނދަރުން ނުކުންނަށް އުޅެނިކޮށެވެ.

މި ބޯޓަކީ ވެރިފަރާތުގެ އަތުން ކުއްޔަށް ނަގައިގެން ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ދަތުރުކުރަމުން އަންނަ ބޯޓެއްކަމަށް މައުލޫމާތުލިބެއެވެ.