މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,886 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި
Raajje

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައިވަނީ އަބުދުލް ބާތިން މުހައްމަދު މުސްތަފާ ކިޔާ މީހެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ދަނީ ތަހުގީގުކުރަމުންނެ...

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ދެނީ
Raajje

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ދެނީ

ރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން މި ފެށީ، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އިނ...

''އުލުބޭންދުން'' އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް: ފަލާހް
Parliament

''އުލުބޭންދުން'' އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް: ފަލާހް

އޭނާ ނިސްބަތްވާ ރާއްޖޭގެ ސަރަހައްދުގައި ”އުލުބޭންދުން” ބޭނުންކުރަނީ ބަސްނާ ހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި 27 އޯގަސްޓް 2025 ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އޭ...

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށް ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް
Raajje

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށް ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބާތުގައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަދި އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށް ވިދާޅުވެފަވެއެވެ. ”ޢިލްމާ...

އދ.ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސާއި އޮފިޝަލުން ބައިވެރިވުމަށް ހުރަސްއަޅަން އެމެރިކާއިން ނިންމައިފި
International

އދ.ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސާއި އޮފިޝަލުން ބައިވެރިވުމަށް ހުރަސްއަޅަން އެމެރިކާއިން ނިންމައިފި

އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެ ގައުމަށް އެތެރެވުމަށް ހުއްދަނުދޭނެކަމަށް އެމެރިކާގެ ސަރުކާރުން ހުކުރު ދުވަހު ބުނެފިއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް ވެރިއެއް ބުނި ގޮތުގައި، މި ބައްދަލުވުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ރައީސް އައްބާސްގެ އިތުރުން ފަލަސްތީނުގެ އ...

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ
Raajje

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުފުޅުން 78 އަހަރުގައި މަނިކު ނިޔާވެފައި ވަނީ ސިންގަޕޫރުގައި އާލާސްކަންފުޅަށް ފަރުވާ ހޯދަމުން ދަނިކޮށް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:30 ހާއިރުއެވެ. އެމްޔޫ މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. Our beloved Chairman, Honourable M...

ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި
Raajje

ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވ...

ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ
Parliament

ފަލާހް ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާމެދު ލަފާ ހޯދަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫސްވެރިންނާއި ގުޅުވައިގެން ދެއްކެވި ވާހަކައާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހްގީގްކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފައަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. ފަލާހު ނޫސްވެރިންނާއި ގުޅުވައިގެން މިވާހަކަ ދެއްކެވީ މީޑ...

އެމްޑީޕީ ޓިކެޓުގައި ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފި
Raajje

އެމްޑީޕީ ޓިކެޓުގައި ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފި

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޤުވެރިވާ އެޕާޓީގެ މެމްބަރުންނަށް، ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފިއެވެ. އެމްޑީޕީން ކުރި ޢިއުލާނެއްގައިވާ ގޮތުން، މި ފުރުޞަތު 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީން ބުނިގޮތުގައި މި ޕްރައިމަރ...

''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން''
Column

''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން''

ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމުންކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ރަނގަޅު ޢާއިލާއެއް ބިނާކުރުން” މައުޟޫއަށް ޚާއްސަކުރެވިފައިވާ މި ޚުޠުބާގައި ވަނީ ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ޢާއިލާގެ ދައުރު މުހިންމުކަން ފާހަގަކޮށްފައެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވާ...

އިންޝުއަރެންސް ބިލާއި ޕޭމަންޓް ޤާނޫނަށް އިޞްލާޙު ގެނައި ބިލު ތަޞްދީޤުކުރައްވައިފި
Raajje

އިންޝުއަރެންސް ބިލާއި ޕޭމަންޓް ޤާނޫނަށް އިޞްލާޙު ގެނައި ބިލު ތަޞްދީޤުކުރައްވައިފި

އިންޝުއަރެންސްއާއި ބެހޭ ބިލާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތަޞްދީޤުކުރައްވައިފިއެވެ. މި ދެ ބިލަކީ 18 އޮގަސްޓު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލުތަކެކެވެ. އިންޝުއަރެންސް ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ. މި ބިލުގައި އިންޝުއަރެންސް...

ކަނޑުތައް ގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ރީނދޫ ސަމާލު
Thiladhunmathi News

ކަނޑުތައް ގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހަވީރު 16:45 އިން ފެށިގެން ރޭގަނޑު 21:00 އާއި […]

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއްނޫން، ބިލަށް އިސްލާޙް ހުށަހަޅާނަން: ރައީސް
Raajje

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއްނޫން، ބިލަށް އިސްލާޙް ހުށަހަޅާނަން: ރައީސް

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުޢިއްޒު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެ އެސ...

ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައ...

ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ވީއައިއޭ އަށް ދާ މަގުގައި އެއާޕޯޓަށް އަޅާ ޖަންގްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، އެ ސަރަހައ...