ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލަން ދެވަނަ ފަހަރަށް ޢިއުލާންކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމަށް 27 އޯގަސްޓް 2025 ގައި ޢިއުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން އެކަމަށް އަލުންކުރި ޢިއުލާންގައި ބުނެފަވެއެވެ.

Ad
rt

އެހެންވެ އެ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށް، މަޖިލީހުން ބުނީ ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުން ކަމަށެވެ. މި ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވެނީ އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް، 10 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

މި ނީލަން ބާއްވަން ހަމަޖައްސާފައި ވަނީ 13 ސެޕްޓެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މަޖިލީހު އިދާރާގެ ނަންބަރު 3319944 އަށް ގުޅައިގެން ނުވަތަ އީމެއިލް admin@majlis.gov.mv އަށް އީމެއިލް ކޮށްގެން އިތުރު މައުލޫމާތު ސާފުކުރެވޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މި ނީލަމުގައި ވިއްކާލަން ނިންމާފައި ވަނީ އެކިކަލަ ގޮނޑިއެވެ. އެއީ 11 އަހަރުން ފެށިގެން 16 އަހަރާއި ހަމައަށް ދުވަސްވެފައިވާ ގޮނޑިތަކެކެވެ.