މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,699 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެއްޖެ
Raajje

ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެއްޖެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި ރޯވެފައި ވަނީ ތެޔޮ އުފުލާ އުޅަނދެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:55 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ. ”މި ހާދިސާ ހިނގައިގެން މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުން” ފުލުހުން ބުނެފަވެއެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ލޯންޗެއް”ގައި ރޯވެގެން ސިފައިންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެ...

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް
Raajje

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެރުވީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޫސާ އަންވަރަކީ 40 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އައްޑުއަތޮޅު މީދޫއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއަށް ވަދެވަޑައިގަތީ، އިނގިރޭސީން އައްޑުއަތޮޅު ގަމުގައި ތިބި ދު...

ނިޝާން މުލީގޭ ޝަރަފު މުޙައްމަދު ޞާލިޙަށް
Raajje

ނިޝާން މުލީގޭ ޝަރަފު މުޙައްމަދު ޞާލިޙަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މ. ޝުއާޒް، މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިއަދު އަރުވައިފިއެވެ. މުޙައްމަދު ޞާލިޙަށް މި ޝަރަފު އަރުވާފައިވަނީ، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މުޙައްމަދު ޞާލިޙަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ވިޔަފާރިވެ...

''ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކު''
Raajje

''ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކު''

ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދ...

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް
Raajje

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް
Thiladhunmathi News

މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަށް މުބާރާތް ބާއްވާ ރަށް އުތީމު ދަތުރުކޮށްފިއެވެ. ހއ.އަތޮޅުގެ ނުވަ ރަށެއް ބައިވެރިވެފައިވާ މި މުބާރާތުގައި އުތީމު ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ މެޗަކުން ބަލިނުވެ އެ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ރޭ ކުޅުނު ސެމީގެ މެޗުގައި ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗާއިއެކު ދިއްދޫ ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ފޯރިގަދަ ފެނުމެއް […]

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
Raajje

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ނިކަގަސް މަގުގައެވެ. ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވިއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް، ލައިޓް ގްރީން/ކ.ދިއްފުއްޓެވެ. ފުލުހުން […]

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި
Raajje

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަސައްކަތް، ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެ...

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ
Thiladhunmathi News

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އުތުރު ރީޖަން ގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމު މާދަމާ ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުން ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ  އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ. މިގޮތުން މި ދެ ޓީމުންވެސް ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 […]

ކަރެކްޝަންސްގެ ހެޑްކުއަރޓަރސް ހުޅުވައިފި
Raajje

ކަރެކްޝަންސްގެ ހެޑްކުއަރޓަރސް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ އެމް.ސީ.އެސް.ގެ އަމިއްލަ ބިމެއްގައި ޤާއިމުކުރެވުނު ފުރަތަމަ ހެޑްކުއަރޓަރސް އިމާރާތެވެ. ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ މި އައު އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ޝަރަފުގެ ގާޑެއް...

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް
Thiladhunmathi News

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުރައިދޫ އިން ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުރައިދޫން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. އުތީމު ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތަށް ޚާއްޞަކޮށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ […]

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި
Raajje

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަ...

ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު
Thiladhunmathi News

ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކޮށް ހުޅުވިގެންދިޔުމަކީ ހުޅުވިގެންދާ “ރަނުގެ ފުރުސަތެއް” ކަމަށް ފާހަގަކުރައްވައި، އެ ފުރުސަތުގެ ބޭނުން އެންމެ ފުޅާމިނަށް ހިފައި އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރާއްޖެ އާއި ބޭރުގެ ވިޔަފާރިތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދައުވަތު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ އެއަތޮޅު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނ...

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް
Raajje

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ބިންގަނޑެއްގެ މައްޗަށް ބިނާކުރެވުނު އިންފްރާސްޓްރަކްޗަރެއް ނޫން ކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިމޭރުމުން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ މަނިކުފާނު ހަނިމާދުއަށ...

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި
Raajje

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކޮށް، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެ...