''ހަނިމާދޫ ވައިގެބަނދަރަކީ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއް''
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަކީ އުތުރުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަކީ އެމަނިކުފާނުގެ ރިޔާސީވައުދުފުޅެއްކަން ފާހަގަކުރަށްވަމުން ރައީސް ވަނީ ކުރަށްވަމުން ގެ...