މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,698 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''ދިވެހި ޒުވާނުން ބޭނުންވަނީ ކުށްތަކުން ދުރުވާން، ސިޔާސަތަކީ ޒުވާނުން އެކަންކަމުން ސަލާމަތްކޮށްދިނުން''
Raajje

''ދިވެހި ޒުވާނުން ބޭނުންވަނީ ކުށްތަކުން ދުރުވާން، ސިޔާސަތަކީ ޒުވާނުން އެކަންކަމުން ސަލާމަތްކޮށްދިނުން''

ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމަށާއި، އެކަމުން ޒުވާނުން ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަ...

ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހިނގާ: ރައީސް
Raajje

ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހިނގާ: ރައީސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 1،875 މަޝްރޫޢު ހިނގަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާލިބިފައިވާ މައްސަލައެއް ބަލަނީ
Raajje

އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާލިބިފައިވާ މައްސަލައެއް ބަލަނީ

މާލޭގެ މަގުމަތިން ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ރޭ ވިދާޅުވީ، 16 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަ...

ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭ: ރައީސް
Raajje

ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭ: ރައީސް

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެކަމަށާއި، ދިވެހި ދިފާޢީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ ދިވެހީންގެ މިނިވަންކަމާއި، އަމިއ...

584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި، ރިޒާވްގައި 864 މިލިއަން ޑޮލަރު
Raajje

584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި، ރިޒާވްގައި 864 މިލިއަން ޑޮލަރު

ޑޮލަރު މާރުކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އަދި ގްރޮސް ރިޒާވްގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 864 މިލިއަން ޑޮލަރު ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައެވެ. ރައީސްގެ […]

ގޫގުލްގެ އާ ސަބްސީ ކޭބަލް ސިސްޓަމް ''ދިވަރު'' އިޢުލާންކޮށްފި، ދިވެހިރާއްޖެއަށް މުހިންމު ދައުރެއް
Raajje

ގޫގުލްގެ އާ ސަބްސީ ކޭބަލް ސިސްޓަމް ''ދިވަރު'' އިޢުލާންކޮށްފި، ދިވެހިރާއްޖެއަށް މުހިންމު ދައުރެއް

ޑިޖިޓަލް ދުނިޔޭގައި އިތުރު އިންޤިލާބެއް ގެނައުމަށްޓަކައި، ގޫގުލްއިން މިއަދު އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ އާ ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ ‘ދިވަރު’ އިޢުލާންކޮށްފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިލާނެ މަޝްރޫޢެކެވެ. މިއީ އިންޑިއަން ކަނޑު ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ، އިތުބާރު އަދި ހަރުދަނާކަން އިތުރުކުރުމަށް ގޫގުލްއިން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ. ގޫގުލްއިން ހާމަކުރި ގޮތުގައި، މި ސިސްޓަމް ބިނާކުރެވިފައިވަނީ މީގެކުރިން ފަށާފައިވާ “އޮސްޓ...

ސަރުކާރުގެ ޓެކްސީ ލައިން އަންނަ ފެބްރުއަރީ މަހު ފެށޭނެ: ރައީސް
Raajje

ސަރުކާރުގެ ޓެކްސީ ލައިން އަންނަ ފެބްރުއަރީ މަހު ފެށޭނެ: ރައީސް

ސަރުކާރުގެ “ޓެކްސީ ލައިން” ގެ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ މާލޭ ސޯޝަލް ސެންޓަރުގައި ބާއްވަމުން އަންނަ ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި” ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދަތުރުފަތުރުގެ ފަސޭހަތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް ނުދެވި ހުރި އަތޮޅުތަކަށްދީ...

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ އިސްލާމްދީން: ރައީސް
Raajje

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ އިސްލާމްދީން: ރައީސް

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި، އަދި އެ ފައުންޑޭޝަނެއްގެ މަތީގައި މި ޤައުމު ބިނާކުރާ އުސޫލަކީ ވެސް މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅިގެން މިރޭ މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވާހަކަދައްކަނީ ނަތީޖާއިން ކަމަށާއި، ހުރިހާ އެއްޗަކީ ވެސް ރައްޔިތުންނަށް ވަޢުދުތައް ފުއްދައިދީ، އޭގެ ފޮނިމީރ...

ގޮންޖެހުންތަކާއެކު ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވަން ރައީސް ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ޙައްޤު: ޤާސިމް
Raajje

ގޮންޖެހުންތަކާއެކު ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވަން ރައީސް ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ޙައްޤު: ޤާސިމް

ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ހައްޤުކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައި މ...

ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކޮށްފި
Raajje

ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި މިއަދު ޝާއިޢުކޮށްފިއެވެ. 333 ނޫސް މަޖައްލާއެއް ހިމެނޭ މި ދަފްތަރު ޝާއިޢުކޮށްފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާގެ ތެރެއިންނެވެ. އެމްއެމްބީސީން ހާމަކުރެއްވި ގޮތުގައި، މި ދަފްތަރު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއ...

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވިގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެއެވެ، އަދި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި […]

ޒެމްބިއާ މުބާރާތުން ޝަރަފްވެރި ކާމިޔާބީތައް ހޯދަައިދިން އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ
Raajje

ޒެމްބިއާ މުބާރާތުން ޝަރަފްވެރި ކާމިޔާބީތައް ހޯދަައިދިން އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ

ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 އިން ދިވެހިރާއްޖެ އަށް މިކްސް ޑަބަލްސް އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިދިން އެތުލީޓުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. އެ އެތުލީޓުންނަށް ރައީސް ތަހުނިޔާ ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި، ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހ...

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި
Raajje

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ”ޢާއިލީ ބޯހިޔާވަހިކަން” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި އިފްތިތާޙާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައް ވަނީ އާއްމުކޮށްފައެވެ. މި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ މައިގަނޑު ހަތަރު ކ...

ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި
Raajje

ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ “ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 189 ރަށުގައި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، 9048 މީހުންގެ ބައިވެރިވުން އެކި ގޮތްގޮތުން ހޯދިފައިވާ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ “ނެކްސިޔާ މޯލްޑިވްސް” އިން ބުނެއެވެ. ޤައުމީ ތަރައްޤީގެ މި […]

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް
Thiladhunmathi News

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކު...