ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކުދިންގެ ތެރެއިން ފިރިހެން 29 އަދި އަންހެން 26 ކުދިން ބައިވެރިވެފައިވެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، 19 އަންހެން ބައިވެރިން، ކުޑަކުދިންގެ ތެރެއިން 28 ފިރިހެން އަދި 24 އަންހެން ކުދިންވަނީ ފުރިހަމަކަމާއެކު މިޕްރޮގްރާމް ނިންމާފައިވާކަމަށް ވެސް ހދ. ޕޮލިހުން ވަނީ ބުނެފައެވެ.