ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 އިން ދިވެހިރާއްޖެ އަށް މިކްސް ޑަބަލްސް އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިދިން އެތުލީޓުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެ އެތުލީޓުންނަށް ރައީސް ތަހުނިޔާ ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ.

Ad
rt

ރައީސް ވިދާޅުވެފައިވާގޮތުގައި، ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި މެޑަލްވެސް ހޯދާފައިކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''މި ޝަރަފްވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި އެތުލީޓުންނަށް ތަހުނިޔާ ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.