މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.5 ގެ ބިންހެލުމެއް އަތުވެއްޖެ - 23 މިނިޓު ކުރިން

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,698 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލޭގައި އަޅާ އައު ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި
Raajje

މާލޭގައި އަޅާ އައު ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި

މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް ‘ދާރުލްއަރްޤަމް’ގެ ބިންގާ މިއަދު އަޅައިފިއެވެ. މާލޭގައި ފުރަތަމަ އެޅި ވަގުފް އިމާރާތަކީ ސޯޝަލް ސެންޓަރު ކައިރީ ހުންނަ ދާރުލް އީމާނެވެ. މާލޭގައި އަޅާ ދެވަނަ ވަގްފު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ  އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ޢިމާރާތުގެ ބިންގާ އެޅުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވާއިރ، މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރު...

''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބުމަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ކަމެއް''
Raajje

''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބުމަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ކަމެއް''

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ލިބިގެންދިއުމަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވި، ދިވެހިންނަކީ ހަމަހަމަބައެއްކަން އަމަލީގޮތުން ސާބިތުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ އެކަމަނާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) ގެ “ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން” ރަސްމީކޮށް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާ ފާހަގަކުރ...

މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ
Raajje

މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ

ށ. މަރޮށީ ފަޅުން ގިނަ އަދަދެއްގެ މުށިމަސް މަރުވާން ފަށައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވީ، އެރަށު ފަޅަށް މުށިމަސް ވަދެފައި އޮންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އިއްޔެ މުށިމަސް މަރުވާން ފަށާފައިވާކަމަށެވެ. އެރަށުން ލިބުނު މައުލޫމާތުގެ އަލީގައި ޝިޔާންޓޭ ވިދާޅުވީ، މުށިމަސްތައް މަރުވާން ފެށީ ބަޔަކު ވަކި ކަމެއްކޮށްގެން ނޫންކަމަށް ބެލެވޭކަމަށް އެރަށު މީހުން ބުނެފައިވާކަމަށެވެ. ”މަސްތައް މަރުވާން ފެށީ ހުއިފިލަނޑާ ފެން ކަހަލަ އެއްޗެއް ވެސް އަޅައިގެންނޫން...

ޔޫޕީއެޗްސީ އިން ހޮނިހިރު ދުވަހުން ފެށިގެން ޚިދުމަތް ލިބޭނެ
Raajje

ޔޫޕީއެޗްސީ އިން ހޮނިހިރު ދުވަހުން ފެށިގެން ޚިދުމަތް ލިބޭނެ

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (ޔޫޕީއެޗްސީ) އިން ޚިދުމަތްދޭ ވަގުތުތަކާއި އެތަނުންދޭ ޚިދުމަތްތައް މިއަދު އާންމުކޮށްފިއެވެ. މި ސެންޓަރު ރަސްމީ ކޮށް ހުޅުވާފައި ވަނީ އިއްޔެއެވެ. މިތަން ހުޅުއްވައިދެއްވީ ރައީސް ޑރ . މުޙައްމަދު މުޢިއްޒު އެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނީ މިތަނުގެ ޚިދުމަތް އަންނަ ހޮނިހިރު (22 ނޮވެމްބަރު 2025) އިން ފެށިގެން ލިބޭނެކަމަ...

އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގްދީގެން ނަހަމަ ގުޅުންބާއްވާ މައްސަލައެއް، މުވައްޒަފަކު ހައްޔަރުކޮށްފި
Raajje

އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގްދީގެން ނަހަމަ ގުޅުންބާއްވާ މައްސަލައެއް، މުވައްޒަފަކު ހައްޔަރުކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި، އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެންޑީއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް […]

އަންހެނަކަށް ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

އަންހެނަކަށް ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލޭ މާފަންނުގައި ހުރި ގެއެއްގައި އުމުރުން 18 ގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓާ ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 18 ނޮވެމްބަރު 2025 ދުވަހުގެ 18:11 ގައެވެ. އަންހެނަކު ގަދަކަމުން ހިފަހައްޓާ ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާކުރު މެސެޖެއްގައި ހަމަ އެދުވަހު ބުނެފައެވެ. އެއަށ...

ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު
Raajje

ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު

ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް އެހީ ހޯދުމަށް މި އަހަރު 50 ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ. އެންސްޕާ އިން ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ، “ފަރޓިލިޓީ ކެއަރ ފަންޑް” މެދުވެރިކޮށް 2025 ވަނަ އަހަރު “އައި.ވީ.އެފް” ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައި ކަމަށެވެ. އަދި ޝަރުތު ހަމަވ...

ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ޕޭޓަންޓާއިބެހޭ ޤާނޫނެއް
Raajje

ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ޕޭޓަންޓާއިބެހޭ ޤާނޫނެއް

ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ޕޭޓަންޓާއިބެހޭ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަމަށްޓަކައި ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަން ހާމަކުރައްވަމުން ވިޔަފާރި އާއި އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރިއަށްދާ ކަމަށެވެ. މީގެ އި...

ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައި ވެސް އީގޭޓް ހަރުކުރަނީ
News

ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައި ވެސް އީގޭޓް ހަރުކުރަނީ

ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވީ، 1 ޖަނަވަރީ 2026 ގެ ކުރިން، ވީއައިއޭގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަ...

64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި
Parliament

64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް، ޖުމްލަގޮތެއްގައި ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ. މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ. މި ބަޖެޓު މިއަދު ކޮމެޓީން ފާސްކޮށްފައިވާއިރު، ބަޖެޓްގެ 49.2 ބިލިޔަ...

ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް
Raajje

ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް

ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ބައިނަލްއަގްވާމީ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކުގެ ދެފުއްފެނުން ބަލާ ޖަމްޢިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ) އިން ދެމުން އަންނަ “އިންޓެގްރިޓީ އެވޯރޑް” އެވެ. އިންޓެގްރިޓީ އެވޯރޑް ރާއްޖެއަށް ހަވާލުކުރެވުނީ ސްވިޒަލޭ...

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި
Raajje

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، މިއަދު ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު މާފަންނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ ޞ...

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން
Raajje

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ. މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ. އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭ...

ހުޅުމާލޭ ބިންހިއްކާ ސަރަހައްދު ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގާނަމަ އެޗްޑިސީން އެ އުޅަނދުތައް ނަގަނީ
Business

ހުޅުމާލޭ ބިންހިއްކާ ސަރަހައްދު ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގާނަމަ އެޗްޑިސީން އެ އުޅަނދުތައް ނަގަނީ

ހުޅުމާލޭ މާސްޓަރ ޕްލޭނާ އެއްގޮތަށް، ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެޗްޑިސީން ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގި މުއްދަތުގައި ނުނަގާނަމަ، އެ ކޯޕަރޭޝަނުން އަމިއްލައަށް އެ އުޅަނދުތައް ނަގާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެވެ. އެޗްޑިސީން މިކަން ހާމަކޮށްފައިވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދ...

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ އާއި އެ އަތޮޅު ނޮޅިވަރަމު އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި، ނައިބު ރައީސް މުޙައްމަދު ހުސައިން، ކައުންސިލަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތ...