ށ. މަރޮށީ ފަޅުން ގިނަ އަދަދެއްގެ މުށިމަސް މަރުވާން ފަށައިފިއެވެ.

ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވީ، އެރަށު ފަޅަށް މުށިމަސް ވަދެފައި އޮންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އިއްޔެ މުށިމަސް މަރުވާން ފަށާފައިވާކަމަށެވެ.

Ad
d

އެރަށުން ލިބުނު މައުލޫމާތުގެ އަލީގައި ޝިޔާންޓޭ ވިދާޅުވީ، މުށިމަސްތައް މަރުވާން ފެށީ ބަޔަކު ވަކި ކަމެއްކޮށްގެން ނޫންކަމަށް ބެލެވޭކަމަށް އެރަށު މީހުން ބުނެފައިވާކަމަށެވެ.

މަރޮށި ފަޅުގައި މުށިމަސްތައް މަރުވެފައި، ފޮޓޯ: ޝިޔާމް

''މަސްތައް މަރުވާން ފެށީ ހުއިފިލަނޑާ ފެން ކަހަލަ އެއްޗެއް ވެސް އަޅައިގެންނޫންކަމަށް އެރަށު މީހުން ބުނަނީ، އެމީހުން ލަފާކުރަނީ ބަނދަރުތެރެއަށް މާގިނައިން މަސް ވަނީ ކަމަށް،'' ޝިޔާންޓޭ ވިދާޅުވިއެވެ.

Ad
df

އެރަށު ފަޅުގައި ގިނަ އަދަދެއްގެ މުށިމަސްތައް މަރުވެ ކުނިވެ، ރަށުތެރެއަށް ކުނިވަސް ދުވާތީ ކައުންސިލާއި ރައްޔިތުން މިހާރު ވަނީ ގިނަ އަދަދެއްގެ މަސްތައް ފަޅުންނަގައި ސާފުކޮށްފައެވެ.