މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,697 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިއްޖެ
Raajje

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިއްޖެ

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު ދެ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މިތަނުން ބަލަމުން އަންނަ ފުރަތަމަ މައްސަލައަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން 23 މެއި 2025 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަން ސިނގިރޭޓްގެ ތެރެއިން 6 ކާޓަން ގެއްލުނު މައްސަލައެވެ. އެ 6 ކާޓަން ސިނގިރޭޓް މަދުކަން އެނގުނީ 12 […]

ލަންކާގެ ދެކުނު ކަނޑުން 376 ކިލޯ ޑްރަގާއެކު ބޯޓެއް އަތުލައިގެންފި، ހަތިޔާރު ވެސް ފެނުނު
International

ލަންކާގެ ދެކުނު ކަނޑުން 376 ކިލޯ ޑްރަގާއެކު ބޯޓެއް އަތުލައިގެންފި، ހަތިޔާރު ވެސް ފެނުނު

ސްރީލަންކާގެ ދެކުނު ސަރަޙައްދުގެ ކަނޑުން 376 ކިލޯ ޑްރަގާއެކު ދަތުރުކުރި ބޯޓެއް އަތުލައި، 6 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޭވީން ބުނެފިއެވެ. ލަންކާގެ ނޭވީން ބުނިގޮތުގައި މަސްތުވާތަކެތި އުފުލަމުން ދިޔަ ދިގު ދަތުރުކުރުމުގެ ގާބިލުކަން ހުރި މި މަސްބޯޓު އަތުލައިގެންފައި ވަނީ ނޭވީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. 376 ކިލޯގެ މަސްތުވާތަކެތީގެ ބަސްތާތަކާއެކު ބޯޓުގައި ތިބި ހަ މީހުންނާއި ބޯޓު މި މަހުގެ 20 ވަނަ ދުވަހު ވަނީ ސްރީލަންކާގެ ތަންގައްލޭ މަސްބަނދަރަށް ވައްދާފައިކަމަށް ސްރީލަންކާގެ ނ...

އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްދިން މިސްކިތް ހުޅުވައިފި
Raajje

އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްދިން މިސްކިތް ހުޅުވައިފި

ޅ. އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާ ކޮށްދިން އާ މިސްކިތް ހުޅުވައިފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދުއް އިޚްލާޞް” އެވެ. މި މިސްކިތް ހުޅުވާފައި ވަނީ ހުކުރު ދުވަހުގެ ފަތިހު ފަތިސް ނަމާދަށްފަހުއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އިލްޔާސް ހުސައިނެވެ. ހުކުރު ދުވަހު އެ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދުކޮށްދެއްވީ ވެސް ސައިޚް އިލްޔާސެވެ. މި މިސްކިތް ހުޅުވުމުގެ އުފަލުގައި ހުކުރު ދުވަހު މެންދު ހުކުރު ނަމާދަށްފަހު އޮޅުވެލިފުށީ ރައްޔިތުންގެ ފަރާތުން […]

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި
Business

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްފިއެވެ. އާރުޑީސީގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްކޮށްފައި ވަނީ އެ ކުންފުނި އުފެއްދިތާ 6 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އާރްޑީސީގެ އައު ލޯގޯ އިފްތިތާހްކޮށްދެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އާރްޑީސީ އަކީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، ސަރުކާރުގެ 100% ހިއް...

ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ސަމާލުކަމެއް ނުދެން: ޖޭއެސްސީ
Raajje

ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ސަމާލުކަމެއް ނުދެން: ޖޭއެސްސީ

ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުނުކުރާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ޖޭއެސްސީން މިހެން ބުނެފައި ވަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައެވެ. ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަކީ ޤާނޫނުއަސާސީއާއި، އެ ކޮމިޝަންގެ ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުސްތ...

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް
Raajje

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރާނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށެވެ. މި ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5...

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި
Thiladhunmathi News

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ. އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ. ”އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި […]

ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުވައްޒަފުގެ ބަންދަށް 15 ދުވަސް
Raajje

ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުވައްޒަފުގެ ބަންދަށް 15 ދުވަސް

ފަރުވާ ހޯދަމުން ދާ މީހުންނަށް ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނި ގޮތުގައި، އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެންޑީއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ފަރުވާ ހޯދަމުންދާ […]

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ. އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ […]

އިސްލާމްދީނުގެ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފި
Raajje

އިސްލާމްދީނުގެ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ރައީސް މުޙައްމައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު “ލިލީ” ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ފިރިހެނަކު ދިޔަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މު...

މިނިސްޓަރު عبد الله ގެ މަންމާފުޅު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ
Raajje

މިނިސްޓަރު عبد الله ގެ މަންމާފުޅު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަވަހާރަވެއްޖެއެވެ. މިނިސްޓަރު ޢަބުދުﷲ ނާޞިރު މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށެވެ. އަދި ރައީސް ވަނީ ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަށްވާފައެވެ. ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަކީ ޢަބްދުﷲ ނާޞިރުގެ އިތުރުން ފަންޑް މެނޭޖް...

''ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިން''
Column

''ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިން''

ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ”ނަމާދު އެޅުމުގެ ނުރައްކާތެރިކަން” މައުލޫއަށް ގެނެސްދިން ހުތުބާގައި ނަމާދުގެ މުހިންމުކަމާއި ނަމާދު އަޅާލުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައި ވެއެވެ. ހުތުބާގައި ބުނެފައި ވަނީ، މުސްލިމަކަށްވުމަށް ފަހު، އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކު...

ރައުދު ކުށަށް އިއުތިރާފްވެއްޖެ
Raajje

ރައުދު ކުށަށް އިއުތިރާފްވެއްޖެ

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ. މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް އުފުލާފައި ވަނީ  އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފަ...

މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފި
Raajje

މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފި

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ “ޒުވާނުންގެ ވެހި” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒަކީ ޒުވާނުންގެ “ތަރޑް ސްޕޭސް” ނުވަތަ ޒުވާނުންނަށް ޚާއްޞަ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްޤީކުރެއްވި ތަނެކެވެ. ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހު...

ދިވެހި ކުޑަކުދިންނަކީ ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގާ: ރައީސް
Raajje

ދިވެހި ކުޑަކުދިންނަކީ ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގާ: ރައީސް

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ކުޑަކުދިންނަކީ މި ޤައުމުގެ އުންމީދުގެ ހުޅުކޮޅުކަމުގައާއި، ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގައި ސިފަކުރަށްވައިފިއެެ. ރައީސް މިފަދައިން ވިދާޅުވީ، ކޮންމެ އަހަރެއްގެ ނޮވެންބަރު 20 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި މެސެޖެއްގައެވެ. އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކަމާއި، އަބުރުވެރިކ...