އިތުރު ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް އިފްތިތާޙްކޮށްފި
ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމަށްޓަކައި، ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން، އައު ޕްރޮޑަކްޓްތަކަކާއި ޚިދުމަތްތަކެއް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްފައިވަނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި “ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025” އިވެންޓްގައެވެ. އިފްތިތާޙުކުރެވުނު މުހިންމު ޕްރޮޑަކްޓްތަކުގެ ތެރޭގައި އިތުރު ފީޗަރސްތަކާއެކު ތައްޔާރުކޮށްފައިވާ ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް ހިމެނެއެވެ. އާ ޕޮލި...