ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 1.2 ކިލޯގްރާމްގެ ކެނަބިސް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ.
މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 936,000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މި
އީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތްތައް ހުއްޓުވުމަށް ކަސްޓަމްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ދަނީ ކުރަމުންނެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!