ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް ހިންގާ 35 ބިދޭސީ ވިޔަފާރިއެއް އިންސްޕެކްޓްކޮށް، އޭގެ ތެރެއިން 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާ...