މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,693 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން''
Raajje

''އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން''

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށި ދުވަހުން ފެށިގެން މަސްވެރިކަމަކީ ދިވެހީންގެ ސަގާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ފަޚުރުވެރި މަސައްކަތެކެވ...

''ކުރިއަށްދާނީ ދެފުށްފެންނަ ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި''
Raajje

''ކުރިއަށްދާނީ ދެފުށްފެންނަ ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި''

ދިވެހިރާއްޖެ ކުރިއަށްދާނީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤ...

މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް
Thiladhunmathi News

މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވެ ކުމުންދޫގެ ބީޗް ސިޓީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ. ބީޗު ސިޓީ ފައިނަލަށް ދަތުރުކުރީ ރޭ ނައިވާދޫގައި ކުޅެވުނު ސެމީގެ މެޗުގައި 2-0 އިން ކުޅުދުއްފުށީ ސިޓީގެ މަގުލަސްކްލަބް ބަލިކޮށްގެންނެވެ. މި މެޗުގައި ކުމުންދޫ ބީޗު ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ނެގި ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޖާޒީ ނަންބަރު […]

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި
Raajje

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ސާކް ޗާޓަރ ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ […]

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް
Thiladhunmathi News

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗު ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް އޮންނަ ރަށަށް ނިސްބަތްވާ ޓްރޭނާސްގެ އިތުރުން އަޅޭ އެފްސީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ޓްރޭނާސް އިންނެވެ. އެއީ ފުރަތަމަ […]

ރާއްޖޭގައި 790 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕެއް ގާއިމްކުރަން ހުއްދަދީފި
Raajje

ރާއްޖޭގައި 790 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕެއް ގާއިމްކުރަން ހުއްދަދީފި

ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް އިއްޔެ ދޫކޮށްފިއެވެ. އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ދޫކުރެވުނު މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢަކީ މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސ...

މުޅި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ފިނެއަށް ހިތްދަތި ނަތީޖާއެއް، ނޮޅިވަރަންފަރު ފައިނަލަށް
International

މުޅި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ފިނެއަށް ހިތްދަތި ނަތީޖާއެއް، ނޮޅިވަރަންފަރު ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހަނި ތަފާތަކުން ފިނޭގެ  ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ)އަތުން މޮޅެއް ހޯދައި، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީ ކުޅުނު މި މެޗުގައި ފިނޭ ބަލިވީ 0-1 އިންނެވެ. މި މެޗުން ފިނޭ ބަލިވެ މުބާރާތުން ވަކިވާންޖެހުނު ނަމަވެސް އެ ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަންހެން […]

ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް
Raajje

ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހަނިމާދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ކުމުންދޫ ސްޕޯޓްސް ކްލަބް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުމުންދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި 0-4 އިން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗު ފަށައި މެޗުގެ 4 ވަނަ މިނިޓްގައި ކުމުންދޫ އިން ވަނީ ލަނޑުޖަހައި ލީޑް […]

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް
Raajje

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އެ ސާވިސްގެ ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު ސޮބާހް ހަމަޖައްސައިފިއެވެ. ކަރެކްޝަންސް އިން އެތަނުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސޮބާހު އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމުން އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ޑީސީޕީގެ މަގާމަށް މިއަދު ހަމަޖެއްސި ސޮބާހަކީ ސިވިލް އަދި ޕްރިޒަން އޮފިސަރެއްގެ ގޮތުގައި ކަރެކްޝަނަލް ދާއިރާގައި މަސައްކަ...

23 އަހަރުގެ އަގުހުރި ޚިދުމަތަށްފަހު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާކުރަށްވައިފި
Raajje

23 އަހަރުގެ އަގުހުރި ޚިދުމަތަށްފަހު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާކުރަށްވައިފި

ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ރިޓަޔަކުރަށްވައިފިއެވެ. ހައި ކޯޓުން މިއަދު ބުނީ، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ”ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަން” ހައި ކޯޓުން ބުނެފަވެއެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫ...

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި
Thiladhunmathi News

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]

ފައިސަލް އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތެއް
Raajje

ފައިސަލް އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތެއް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެ މަޖިލީހުގެ ސްޕީކަރ ޕުއާން މަހާރާނީގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ. ފައިސަލް ނަސީމްގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާއި، ކުރިއަށް އޮތް...

ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު
Thiladhunmathi News

ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެއެވެ. ހަވީރު ކުޅޭނީ އަންހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. މިގޮތުން ހަވީރު 15:45 ގައި ފަށާ އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ކުމުންދޫ ސްޕޯޓްސް ކްލަބާއި ޓީމް ހަނިމާދޫއެވެ. 16:45 ގައި ފަށާ […]

މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި
Raajje

މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ މަނަދޫގައި ބާއްވާފައެވެ. މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ އަ...

އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
Raajje

އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ”އަމާން އުދަރެސް” 4000 ފްލެޓްގެ ތެރެއިން އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިފަހަރު ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ގެ އިތުރުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތަކެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އ...