މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ ފަހާތަނެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތުހުމަތު ކުރެވެނީ ބިދޭސީ ފިރިހެނަކަށް ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!