Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,517 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ނޭކުރެންދޫ ކަނޑޫފަލަށާއި، "ކޭލަކުނު ކުޅި ފާ"އަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭ: ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތައް
Raajje

ނޭކުރެންދޫ ކަނޑޫފަލަށާއި، "ކޭލަކުނު ކުޅި ފާ"އަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭ: ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތައް

ހދ. ނޭކުރެންދޫ ކަނޑޫފަލަށާއި، އެ އަތޮޅު ކޭލަކުނު ކުޅި ފާއަށް ދިމާވެފައިވާ މައްސަލަތައް ލަސްނުކޮށް ދެނެގަނެ، އެތަންތަނަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ބުނެފިއެވެ. އެ ޖަމިއްޔާތަކުން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި، ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައެވެ. ރާއްޖޭގެ ތިމާވެށީގެ ހާލަތަށް ފަންނީ، ޢިލްމީ ނަޒަރަކުން އަލިއަޅުވާލައި، ބޭނުންތެރި މައުލޫމާތުތައް އެކުލެވޭ ދިރާސާއ...

ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ

ދ. ބަނޑިދޫގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވީ މިއަދު ހެނދުނު 11:17 ގައިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 175 ވަނަ މީހާ އެވެ. ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު ދެ މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 […]

ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގައި ކުޅިވަރު ކުރިއެރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ދިޔައީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފްއާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި މެމްބަރުންނާއި އެކު އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމގައެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅުުދުއްފުށީގައި ހިންގަވާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިއެވެ. “މި ބައ...

އެސްޖީން އައްޔަނުކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާގޮތަށް ހުށަހެޅީ ސަރުކާރަކުންނޫން: މަބްރޫކް
Raajje

އެސްޖީން އައްޔަނުކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާގޮތަށް ހުށަހެޅީ ސަރުކާރަކުންނޫން: މަބްރޫކް

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ސަރުކާރުން ބޭނުންވާގޮތް އޮތީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކަމަށެވެ. “ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކު...

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 8އަށް އަރައިފި
Raajje

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 8އަށް އަރައިފި

ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ނިޔާވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ނިޔާވި 7 ވަނަ މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. 6 ވަނަ މީހާގެ އުމުރަކީ 66 އަހަރެވެ. އެއީ ފިރިހެނެކެވެ. މިބަލީގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިހާރު ވަނީ 169އަށް އަރާފައެވެ. ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ […]

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ
Raajje

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައިވާ ކަމ...

ފިނޮޅަށް ގެއްލުން ދިނުމުން 5 ލައްކަ ރުފިޔާއިން ގިލި ލަންކަންފުށި ޖޫރިމަނާކޮށްފި
Raajje

ފިނޮޅަށް ގެއްލުން ދިނުމުން 5 ލައްކަ ރުފިޔާއިން ގިލި ލަންކަންފުށި ޖޫރިމަނާކޮށްފި

ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއް ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި ގިލި ލަންކަންފުށި މޯލްޑިވްސް ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ބުނީ 21 ޖަނަވަރީ 2021 ގައި ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ […]

ސަރުކާރުގެ ނިންމުމާއި އެއްގޮތަށް މެއި މަހު ބިލުގައި ޑިސްކައުންޓް ހިމެނޭނެ: ސްޓެލްކޯ
Business

ސަރުކާރުގެ ނިންމުމާއި އެއްގޮތަށް މެއި މަހު ބިލުގައި ޑިސްކައުންޓް ހިމެނޭނެ: ސްޓެލްކޯ

ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންނަށް ދޭ ލުއިތަކުގެ ތެރެއިން އަންނަ މަހުގެ ފެން ބިލުންނާއި، ކަރަންޓް ބިލުން ލުއިދޭން ސަރުކާރުން ނިންމި ނިންމުމުގެ ދަށުން ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުގައި މެއި މަހުގެ ޔޫސޭޖަށް ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ. އެގޮތުން އެ ކުންފުނިން ބުނީ، ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް އެ ކުންފުނިން ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށެވެ. އެ […]

އެމްޑަބްލިއުއެސްސީއިން ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި
Business

އެމްޑަބްލިއުއެސްސީއިން ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 1.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރާނެއެވެ. މީގެއިތުރުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ތިން ތާންގީ ވެސް ބަހައްޓާނެއެވެ. މި މަޝްރޫޢުގެ ދަށުން އިތުރަށް ކުރާނެ މަސައްކަތްތަކުގެ ތެރޭގަ...

ވައި ގަދަވެ ކަނޑު ގަދަވާނެ، މޫސުމަށް ސަމާލުވޭ!
Raajje

ވައި ގަދަވެ ކަނޑު ގަދަވާނެ، މޫސުމަށް ސަމާލުވޭ!

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރަށް...

އެޗްއާރުސީއެމްއަށް، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފާހަގަ ކުރެވުނު ކަންކަން އާންމުކޮށްފި
Raajje

އެޗްއާރުސީއެމްއަށް، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފާހަގަ ކުރެވުނު ކަންކަން އާންމުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން، ކޯވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ މެޑިކަލް ފެސިލިޓީއިން ފާހަގަ ކުރެވުނު ކަންކަން އާންމުކޮށްފިއެވެ. މިކަންކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު އާންމު ކުރި ނޫސްބަޔާނެއް މެދުވެރިކޮށެވެ. އަދި އެއީ މިމަހުގެ 25 ވަނަ ދުވަހު އެ ކޮމިޝަނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު، އެ ތަނުން ދެނެގަނެވުނު ކަންތައް ފާހަގަކޮށް ނެރެފައިވާ ބަޔާނެކެވެ. އެޗްއާރުސީއެމް އިން ވިދާޅުވީ، އެ ކޮމި...

ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު
Raajje

ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު

ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން  ވާހަކަ ދަައްކަވަމުންނެވެ. ޓޫރިޒަމް...

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް
Thiladhunmathi News

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުއްވާލައްވައިފިއެވެ. މިއަދުން ފެށިގެން އެ ފުޞަތު ހުޅުވާލުމުން ރައީސް އޮފީހުން ވިދާޅުވީ، އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއ...

ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ޑރ. މައުރޫފް
Sports

ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ޑރ. މައުރޫފް

ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ. ކަޅު ފަންގަސް އަކީ ކޯވިޑަށް ފަރުވާ ކުރުމުގައި ގިނައިން ސްޓެރޮއިޑް ނަގަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ގަޔަށް އާންމުގޮތެއްގައި ވެސް މާޙައުލުގައި ހުންނަ ފޫ ނުވަތަ ފަންގަސްގެ ވައްތަރެއް ބާރުގަދަ ކުރުމުން ޖެހޭ ބައްޔެއް ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ. “މި ވައްތަރުގެ ފަންގަސް ވެރިވެގަންނަނީ ސައިނަސް ތަކަށާއި، ހަންގަނޑާއި، […]