އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 1.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރާނެއެވެ.

Ad
rt

މީގެއިތުރުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ތިން ތާންގީ ވެސް ބަހައްޓާނެއެވެ.

މި މަޝްރޫޢުގެ ދަށުން އިތުރަށް ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، އެރަށުގެ ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް ނިންމާފައިވާއިރު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި އަދި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިމުމަށް ދީފައި ވަނީ 22 މަސް ދުވަހެވެ. އަދި މި މަޝްރޫޢުގެ އަގަކީ ޖުމްލަ 21،651،878 ރުފިޔާ އެވެ.