ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

neykurendhoo

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް "ތިލަދުން"އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ.

އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 13 އެެވެ.

ނޮޅިވަރަމުން ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހެކެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާފިއު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ޕޮޒިވްވި އެކަކު، އޭނާއާއި މާލެއިން ރޫމް ޝެއާކުރި މީހެއް ޕޮޒިޓިވްވުމުން އޭނާއަކީ ޑައިރެކްޓް ކޮންޓެކްޓެއްކަން ސިއްހީ މަރުކަޒަށް އެންގީ އަމިއްލައަށް ކަމަށެވެ. އޭނާ ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވްވެފައެވެ. ދެން އެރަށުން ޕޮޒިޓްވީ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހެކެވެ. އެމީހުން ޕޮޒިޓިވްވީކަން އެނގުނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ހަނިމާދޫން ވެސް މިއަދު ވަނީ ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެމީހަކު ޕޮޒިޓިވްވެފައެވެ. ހަނިމާދޫ ކައުންސިލްގެ ނައިބްރައީސް ފިރާގް މުހައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެ ރަށުގައި މިވަގުތު އެކްޓިވްކޭސްތައް 9 އަށް އަރާފަވާ ކަމަށެވެ.

ފިނޭއިން ވެސް ހޯމް ކަރަންޓީނުގައި ތިބި އިތުރު ބައެއް ޕޮޒިޓިވްވެފައެވެ. ފިނޭ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ސޮފޫރާ އަބުދުއްރަހީމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ކުރިން ޕޮޒިޓިވްވި ކުއްޖާއާއިއެކު އެއް ގެއެއްގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހުން ކަމަށެވެ. އެރަށުގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 4 އެވެ.

އެ އަތޮޅު މަކުނުދޫގެ ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން، މަކުނުދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ހާމިދު އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 10 މީހަކު ތިބިކަމަށެވެ. މީގެތެރޭގައި މިމަހުގެ 23 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި 4 މީހުން ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި