ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ނިޔާވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދު ނިޔާވި 7 ވަނަ މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. 6 ވަނަ މީހާގެ އުމުރަކީ 66 އަހަރެވެ. އެއީ ފިރިހެނެކެވެ.
މިބަލީގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިހާރު ވަނީ 169އަށް އަރާފައެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
އިއްޔެގެ ނިޔަަލަށް ރާއްޖޭގެ 64،396 މީހަކަށް މިބަލި ޖެހިފައިވާއިރު، އިއްޔެ ޕޮޒިޓިވްވީ 710 މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރެއްވި ގޮތުގައި އިއްޔެ ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 202 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. ރިސޯޓުތަކުން ވެސް 5 މީހަކަށް ބަލިޖެހުނެވެ.
މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ ތިބި މީހުންގެ ޢަދަދަކީ 24،109 އެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 204 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!