ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ.
ކަޅު ފަންގަސް އަކީ ކޯވިޑަށް ފަރުވާ ކުރުމުގައި ގިނައިން ސްޓެރޮއިޑް ނަގަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ގަޔަށް އާންމުގޮތެއްގައި ވެސް މާޙައުލުގައި ހުންނަ ފޫ ނުވަތަ ފަންގަސްގެ ވައްތަރެއް ބާރުގަދަ ކުރުމުން ޖެހޭ ބައްޔެއް ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ.
"މި ވައްތަރުގެ ފަންގަސް ވެރިވެގަންނަނީ ސައިނަސް ތަކަށާއި، ހަންގަނޑާއި، ސިކުނޑި އަށާއި އަދި ފުއްޕާމެއަށެވެ. ވީމާ ކޮވިޑަށް އެޑްމިޓް ވެ ގަދަޔަށް ފަރުވާ ހޯދާފައިވާ ބޭފުޅުން އެބޭފުޅުންގެ އިމިއުނިޓީ ނުވަތަ ދިފާޢީބާރު ހަމަޔަކަށް އެޅެންދެން ގަސް ހެއްދުމަށްޓަކައި ވެލީގައި (ޚާއްސަކޮށް ގެރިގުއި ހިމެނޭ ވެލީގައި) އަންގީއަކާއި ނުލައި އަތްނުލެއްވުން ވަރަށް މުހިންމެވެ."
ޑރ. މައުރޫފް ވިދާޅުވިއެވެ.
ބްލެކް ފަންގަސް އިންފެކްޝަނަކީ، މިޔޫކޯމައިސިޓިސް ނަމަކަށް ކިޔާ ގުރޫޕެއްގެ މޯލްޑްއަކުން ޖެހޭ ބައްޔެކެވެ. މި ބާވަތުގެ ފަންގަސް ވަށައިގެން ވާ މާހައުލުގައި ވަރަށްގިނަކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން، ވެލީގައާއި ގެރީގެ ބޮޑުކަމުދާ ތަކެތީގައިވެސް މި ފަންގަސް ހުރެއެވެ.
މި ފަންގަހުން އެންމެ ބޮޑަށް އަސަރު ކުރަނީ، ހަކުރު ބަލި ހުންނަ މީހުންނަށާއި، ބޭނުން ކުރަމުންދާ ބޭހެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ވެފައިވާމީހުންނަށެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުންވެސް މި ފަންގަސް ޖެހެން މެދުވެރި ވެއެވެ.
މި ފަންގަސްގެ ސަބަބުން ލޮލަށާއި ސިކުނޑިއަށް ގެއްލުންވުން އެކަށީގެން ވެއެވެ.
އަވަށްޓެރި އިންޑިއާގައި މި ބަލި ފެނިފައިވަނީ ކޯވިޑް ޖެހިގެން ރަނގަޅުވާ މީހުންގެ ފަރާތުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިބަލި ޖެހިގެން 8800 ވުރެ ގިނަ ކޭސް އެގައުމުން މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!