ބޭންކު ދޯނީގެ ދަތުރުތައް ހދ. އަތޮޅުގައި އަލުން ފަށަނީ
ބޭންކް އޮފް މޯލްޑިވްސް އިން ހދ އަތޮޅުގައި ދެމުން އައި ބޭންކު ދޯނީގެ ޚިދުމަތް ކޯވިޑް19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު ދޯނި ބޭންކިންގ ޝެޑިއުލް އާންމުކޮށްފިއެވެ. އެބޭންކުން ކައުންސިލްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ފޮނުވާފައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން، އެބޭންކުގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިކަމަށާއި ދަތުރުގެ ތާވަލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ބޭންކު ޓީމްގެ ފަރާތުން އެކަން ރަށްރަށަށް އަންގަވަމުން ގެންދާ...