ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ދޭ ސްކޯލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ވިދާޅުވީ ޖަޕާނު ސަރުކާރުން އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާ މިފުރުސަތުގައި ދިވެހި ދަރިވަރުންނަށްވެސް އެކި ދާއިރާތަކުން ދިރާސާކުރުމަށް ހުރި ފުރުސަތުތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި އެގޮތުން ރިސަރޗް ކުރުމަށްޓަކާ ޖަޕާނު ސަރުކާރުންވަނީ އެޤައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ކަލްޗަރއާއި ކުޅިވަރާއި މިނިސްޓްރީ އޮފް ސައިންސާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި ދާއިރާތަކުން ރިސަރޗްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ފުރުސަތަށް ހުޅުވާލާފައެވެ.

Ad
rt

2021 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެއެވެ. ޖަޕާން އެމްބަސީން މަޢުލޫމާތު ދޭގޮތުގައި ސްކޯލަރޝިޕްތަކުގައި ބައިވެރިވެވޭނީ މާސްޓަރސް ނުވަތަ ޑޮކްޓޯރަލް ލެވެލްގެ މީހުންނާއި ގުޅުންހުރި ދާއިރާއަކުން ގްރެޖުއޭޓުވެފައިވާ މީހުންނާއި ގުޅުން ހުރި ދާއިރާއަކުން ރިސަރޗް ހަދަންޖެހޭ ފަރާތްތައް އަދި ޖަޕާނުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ކިޔަވަމުންދާ ފަރާތްތައްކަމަށެވެ.

ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު "ސްޓަޑީ އިން ޖަޕާން" ވެބްސައިޓުން ލިބެން ހުންނާނެކަމަށް ޖަޕާން އެމްބަސީން ވިދާޅުވެއެވެ. އަދި އެޕްލިކޭޝަން ފޮނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގައި އޮންނަ ލިޔުމުގެ ޓެސްޓާއި އިންޓަވިއުއަށް ހޮވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ އެމްބަސީން ރިވިއުކުރުމަށްފަހުކަމަށް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

1954 ވަނަ އަހަރުން ފެށިގެން ޖަޕާނުން އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން މިހާތަނަށް 9000 އަށްވުރެ ގިނަ ދަރިވަރުން ވަނީ މިޕްރޮގްރާމުގައި ބައިވެރިވެ ޖަޕާނުގައި ތަޢުލީމު ޙާސިލުކޮށްފައެވެ.