ކޭޕާކުގެ ވެެރިޔާ ޙަސަން މަމްދޫޙް (މަންޑޭ) ހިންގަވަމުން އައި އެހީގެ ޕްރޮގްރާމް، މަންޑޭގެ މަންމަގެ ހަނދާނުގައި އުފައްދާފައިވާ ފައުންޑޭޝަން، "ޝަރީފާ ފައުންޑޭޝަން" ގެ ދަށަށް ބަދަލުކޮށްފިއެވެ.

މަންޑޭ ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ‏މިހާތަނަށް "މަންޑޭގެ އެހީ ޕްރޮގްރާމް" ނަމުގައި އެކި ފަރާތްތަކަށް އޭނާ ވަމުން އައި އެހީ އާއި އެހީގެ މަސައްކަތްތައް އޭނާގެ މަންމަގެ ހަނދާނުގައި އުފައްދާފައިވާ ފައުންޑޭޝަން، "ޝަރީފާ ފައުންޑޭޝަން" ގެ ތެރެއަށް ބަދަލުކޮށްފިކަމަށެވެ.

Ad
rt

މަންޑޭ ވަނީ އެ ފެށުމުގައި މާތް ﷲ ބަރަކާތްލެއްވުން އެދި ދުޢާ ކޮށްފައެވެ.

މަންޑޭ ފާހަގަވެގެން ދިޔައީ ކުރިމަތިވި ކޯވިޑްގެ ކާރިސާގައި ހުޅުވާލެވިފައިވާ ދީލަތި އަތެއްގެ ވެރިއެއްގެ ގޮތުގައެވެ.

މަންޑޭ ވަނީ ‏ކޯވިޑް-19 ގެ ހާލަތުގައި ޤައުމަށާއި، ރައްޔިތުންނަށް އެހީތެރިވުމަށް ހާލަތާއި ގުޅިގެން އެތައް ރަށަކަށް ބޭނުންވެފައިވާ ސިއްޙީ ގޮތުން ރައްކާތެރި ވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

މިގޮތުން މަންޑޭ ވަނީ، މަންޑޭ އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކާއި ފްރޮންޓްލައިންގެ ހުރި މުއައްސަސާކާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް މާސްކާއި އަންގި އާއި ސެނިޓައިޒާ ފޯރުކޮށް ދީފައެވެ.