މެލޭޝިޔާގެ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.

މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން މިއެހީތެރިކަން ރާއްޖެއަށް ހަވާލުކޮށް ދެއްވީ އޭނާގެ އެކުވެރި، ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމެވެ. ނާޒިމަކީ ލިންބަގްގެ ފައުންޑާގެ ހިއްސާ އޮވެގެން ރާއްޖޭގަައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްވެސް މެއެވެ.

Ad
rt

ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން އެވެ.

މިކަމާއި ގުޅިގެން ލިންބާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކިޓުތަކަކީ ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ފްރަންޓު ލައިނުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާ ކުރި ކިޓުތަކެއް ކަމަށެވެ. ކޮންމެ ކިޓެއްގައި ސާޖިކަލް ގައުނަކާއި ބޫޓު ކަވަރަކާއި ސްކާފެއް ހިމެނޭނެ އެވެ.

ލިމްބާގުން ވަނީ މިިދިޔަ މެއި މަހު ވެސް މެމްބަރު ނާޒިމް މެދުވެރި ކުރަށްވައި ރާއްޖެ އަށް 60،000 ފޭސް މާސްކު ހަދިޔާކޮށްފަ އެވެ.