Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,506 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ރެސިޑެންޓް ވިސާގެ "އަޑީގައި ފޮރުވިފައި ހުރި ކަންކަން" ސާފުކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
Parliament

ރެސިޑެންޓް ވިސާގެ "އަޑީގައި ފޮރުވިފައި ހުރި ކަންކަން" ސާފުކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ “އަޑީގައި ފޮރުވިފައި ހުރި ކަންކަން” ސާފުކުރުމަށް އަދި އެކަން ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ  (މޮސްޓާ) ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މޮސްޓާރ ބުނެފައިވަނީ މިއީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށ...

ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކޭއާރުއެޗްއިން ބަދަލު ގެނެސްފި
Thiladhunmathi News

ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކޭއާރުއެޗްއިން ބަދަލު ގެނެސްފި

ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަދަލު ގެނެސްފިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. އެހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އެޕޮއިންޓްމަންޓް ހެއްދުމުގައި ހުރި ދަތި ކަމަށް އިތުުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓްސް ކުރިއަށް އޮންނަ ދެ ހަފްތާއަށް ހެދޭ ގޮތަށް ވަނީ ބަދަލު ގެނެވިފައިކަމަށެވެ. ހުކުރު ދުވަހުގެ 14:00 އިން 15:00 އާ ދެމެދު ގިނަ ފަރާތްތަކަކުން ގުޅުއްވާތީ އެ ވަގުުތުތަކުގައި ގުޅުއްވުމުގައި ދަތ...

މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއް: ޔާސިރު
Parliament

މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއް: ޔާސިރު

މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ. މީގެ އިތުރުން ޔާސިރު ބުނެފައިވަނީ މިކަމުގެ ސަބަބުން ދިވެހ...

ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ...

ރާއްޖޭގެ ސަރަހައްދީ 2 ޕޯޓް ތަރައްޤީވެގެން ދިއުމަށް، އިމްޕޯޓް އެކްސްޕޯޓްގެ ބިލް މުހިއްމު: ރާޢީ
Parliament

ރާއްޖޭގެ ސަރަހައްދީ 2 ޕޯޓް ތަރައްޤީވެގެން ދިއުމަށް، އިމްޕޯޓް އެކްސްޕޯޓްގެ ބިލް މުހިއްމު: ރާޢީ

ރާއްޖޭގެ ސަރަހައްދީ ދެ ޕޯޓް ކަމުގައި ވާ އެޗްޕީއެލް އަދި ކޭޕީއެލް ދެމެހެއްޓެނިވި ގޮތަށް ތަރައްޤީ ވެގެން ދިއުމަކީ، މުޅި ރާއްޖެ އަށް ނުހަނު މުހިއްމު ކަމެއްކަމަށާއި އެކަން އެގޮތަށް ކުރުމަށް، އިމްޕޯޓް އެކްސްޕޯޓް ގެ ބިލް މުހިއްމުކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މިމޭރުމުން ރާއީ މިއަދު ޓުވީޓު ކުރައްވާފައިވާއިރު މިމަހުގެ 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އެގޮތުން […]

ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުން އޮންލައިންކޮށް
Raajje

ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުން އޮންލައިންކޮށް

ކުށުގެ ރެކޯޑްއާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާލައި، ސަރުކާރު އޮފީސް އަދި އިދާރާތަކަށް ހާޒިރުވެގެން ހިދުމަތް ހޯދުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އާންމުންނާއި އެ ޑިޕާޓްމެންޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އާންމުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެ ޑިޕާޓްމަންޓުން ދެމުން ގ...

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި
Thiladhunmathi News

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ހއ. ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި އެވެ. އައިޑިއާސް ޖަމިއްޔާގެ ފަރާތުން ޑަސްބިން ބަހައްޓާފައިވަނީ ކެލާ ޔޫތު ސެންޓަރު، ބަނދަރު އަދި އޭ.ޓީ.އެމް ސަރަހައްދުގައެވެ. މިއީ އައިޑިއާސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކެލާގައި ހިންގާ “ޓާރޓަލް  އެކްސްޕެޑިޝަން” ޕްރޮގުރާމްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން، ކެލާގެ އާންމު ސަރަހައްދުތަށް ސާފްތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި ޑަސްބިންތައް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސ...

އެޗްއާރުސީއެމްގެ ރައީސްއާއި މެންބަރަކު މަގާމުން އިސްތިއުފާދީފި
Raajje

އެޗްއާރުސީއެމްގެ ރައީސްއާއި މެންބަރަކު މަގާމުން އިސްތިއުފާދީފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އާއި އެކޮމިޝަންގެ މެންބަރ އައިޝަތު އަފްރީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުގެ މަސައްކަތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރަމުން ދަނިކޮންނެވެ. އެ ދެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން […]

ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިއަދު އެރަށުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ ޕޮޒިޓިވް ވެފައިވާ މީހާގެ ބޭބެ އެވެ. އެދެމީހުން ވެސް އުޅެމުންއައީ އެއްގެޔެއްގައެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އެމީހުން އެރަށް ގެންދިޔަ ލޯންޗުގެ ފަޅުވެރިންގެ ސާމަޕަލް ނުނަގާ...

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު: މެޓް
Raajje

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު: މެޓް

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) އޮފީހުން ބުނެފިއެވެ. މޫސުމާއި ބެހޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނި ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ހަމައަށް ފޯރާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް ދަންނަވާކަމަށެވެ. ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް […...

މާދަމާއިން ފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
Raajje

މާދަމާއިން ފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މާދަމާ އިންފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ. މިނިސްޓްރީއިން އިތުރު ތަފްސީލެއް ނުދެއްވައެވެ. 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.#MVIaffairs — Ministry of Isl...

ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ފޯނުން ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި
Raajje

ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ފޯނުން ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

“ހިޔާ މަޝްރޫޢު” ގެ ދަށުން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި އެވެ. “ހިޔާ މަޝްރޫޢު” ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ހާލަތު” ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަން...

މިއަދު ބަންޑުން ޖަހާލި ބޯޓު އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
Raajje

މިއަދު ބަންޑުން ޖަހާލި ބޯޓު އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން  ދަތުރުކުރި “ފަތޮޅު” ބޯޓް ކ. ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލުން ބޯޓް ބަނޑުން ޖަހާލައި، އެބޯޓް އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު މެންދުރު 12:19 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވުމާއި ގުޅިގެން މިއަދު 14:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މ...

ވެމްކޯގެ ހީވާގި މުވައްޒަފުން ނިކުމެ ވިލިމާލޭގެ ހުސްބިންތައް ސާފުކޮށްފި
Raajje

ވެމްކޯގެ ހީވާގި މުވައްޒަފުން ނިކުމެ ވިލިމާލޭގެ ހުސްބިންތައް ސާފުކޮށްފި

މާލެ ސިޓީ ކައުންސިލް އިން ވެމްކޯއާއި ހަވާލުކޮށްފައިވާ ހުސްބިން ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ވިލިމާލޭގެ ބޮޑު ސަރަހައްދެއް ވެމްކޯގެ ހީވާގި މުވައްޒަފުން ނިކުމެ ސާފުކޮށްފިއެވެ. ވެމްކޯއިން މަޢުލޫމާތު ދޭގޮތުގައި މިހަރަކާތުގައި ވެމްކޯގެ 57 މުވައްޒަފުންގެ ޓީމަކުން ވަނީ 4 ގަޑިއިރު ތެރޭގައި 20 ޕިކަޕްގެ ކުނި ނަގާ، ސާފުކޮށްފައެވެ. އިތުރު އުސްއަލިތައް: pic.twitter.com/pjXiMLQPnp — Waste Management Corporation Limited (WAMCO) (@WAMCOmv) July 5, 2020 ވެމްކޯއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިދިޔަ މަހުވެސ...

ތިލަދުންމަތީގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހއ. އަތޮޅުގެ މެންބަރުން، އެސްޓީއޯގެ އެމްޑީއާއި އެކު މަޝްވަރާކޮށްފި
Thiladhunmathi News

ތިލަދުންމަތީގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހއ. އަތޮޅުގެ މެންބަރުން، އެސްޓީއޯގެ އެމްޑީއާއި އެކު މަޝްވަރާކޮށްފި

ހއ އަތޮޅުގަ މަސްފެކްޓްރީ އެއް އެޅުމާއި ތިލަދުންމަތީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ގުޅޭގޮތުން ހއ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރު އާއި އެކު މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ވިދާޅުވީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ، މޯލްޑިވް ގޭސް އަދި އެ ނޫން ވެސް ކުންފުނިތަކުން ފޯރުކޮށްދ...