ކުށުގެ ރެކޯޑްއާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާލައި، ސަރުކާރު އޮފީސް އަދި އިދާރާތަކަށް ހާޒިރުވެގެން ހިދުމަތް ހޯދުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އާންމުންނާއި އެ ޑިޕާޓްމެންޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އާންމުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެ ޑިޕާޓްމަންޓުން ދެމުން ގެންދާ ރިކޯޑުތައް ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ދެމުން ގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޑީޖޭއޭއިން ވަނީ އޮންލައިންކޮށް މި ހިދުމަތް ހޯދުމަށް އެދޭ ނަމަ އެކަމަށް ބޭނުންވާ ފޯމު ފުރުމަށްފަހު އައިޑީކާޑުގެ ޕީޑީއެފް ކޮޕީއަކާއެކު records@judiciary.gov.mv އަށް މެއިލް ކުރުމަށް އެދިފައެވެ. މި މެއިލަށް ފޮނުވާ ފޯމުތަކަށް ޖަވާބުދޭނީ އޮންލައިން ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!