ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިއަދު އެރަށުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ ޕޮޒިޓިވް ވެފައިވާ މީހާގެ ބޭބެ އެވެ. އެދެމީހުން ވެސް އުޅެމުންއައީ އެއްގެޔެއްގައެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އެމީހުން އެރަށް ގެންދިޔަ ލޯންޗުގެ ފަޅުވެރިންގެ ސާމަޕަލް ނުނަގާކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

މީގެ ކުރިން އެރަށުން ޕޮޒިޓިވްވެފައިވާ މީހާއަކީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރަށުގައި އުޅުމަށްފަހު ބޭސްފަރުވާއަށް މާލެއައިސް އައިޖީއެމްއެޗް އިން އެމީހާ ފަރުވާހޯދާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމީހުން މާލޭގައި އުޅުމަށްފަހު ރަށަށް ގޮސްފައިވަނީ ކުޅުދުއްފުށި މަގުންނެވެ.

ރާއްޖެއިން އިއްޔެ 36 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިބަލީން ޝިފާލިބުނު މީހުންގެ އަދަދުމިވަނީ 2227 އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 125 ދުވަސްވެފައިވާއެރު، މިބަލީގައި މިހާރު 306 މީހުންނަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައިތިބީ 283 މީހުންނެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް 59530 ސާމްޕަލްވަނީ ނަގާފައެވެ.