މާލެ ސިޓީ ކައުންސިލް އިން ވެމްކޯއާއި ހަވާލުކޮށްފައިވާ ހުސްބިން ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ވިލިމާލޭގެ ބޮޑު ސަރަހައްދެއް ވެމްކޯގެ ހީވާގި މުވައްޒަފުން ނިކުމެ ސާފުކޮށްފިއެވެ.

ވެމްކޯއިން މަޢުލޫމާތު ދޭގޮތުގައި މިހަރަކާތުގައި ވެމްކޯގެ 57 މުވައްޒަފުންގެ ޓީމަކުން ވަނީ 4 ގަޑިއިރު ތެރޭގައި 20 ޕިކަޕްގެ ކުނި ނަގާ، ސާފުކޮށްފައެވެ.

Ad
rt

ވެމްކޯއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މިދިޔަ މަހުވެސް ވަނީ މާލޭގައި މިފަދަ ހަރަކާތެއްކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ، އެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ވެމްކޯ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.