ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަދަލު ގެނެސްފިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އެޕޮއިންޓްމަންޓް ހެއްދުމުގައި ހުރި ދަތި ކަމަށް އިތުުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓްސް ކުރިއަށް އޮންނަ ދެ ހަފްތާއަށް ހެދޭ ގޮތަށް ވަނީ ބަދަލު ގެނެވިފައިކަމަށެވެ.

Ad
rt

ހުކުރު ދުވަހުގެ 14:00 އިން 15:00 އާ ދެމެދު ގިނަ ފަރާތްތަކަކުން ގުޅުއްވާތީ އެ ވަގުުތުތަކުގައި ގުޅުއްވުމުގައި ދަތިކަން ހުންނަ ވާހަކަ ވެސް ދެންނެވީމެވެ. އަދި 14:00 -20:00 އަށް ކޮންމެ ދުވަހަކު ވެސް އެޕޮއިންޓްމަންްޓް ހެއްދޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އެހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ބުނެފައިވަނީ އެހާ އާޖަންޓް ނޫން ކަމެއްގައި ނަމަ އައިޑީ ކާޑް ނަންބަރު އަދި ބޭނުންފުޅުވެ ލައްވާ ކަމެއް ކުރުކޮށް ލިޔުއްވުމަށް ފަހު އެ ހޮސްޕިޓަލުގެ ނަންބަރު 7887799 އަށް އެސްއެމްއެސް ކޮށްލެއްވުމުން ފަހުގެ ވަގުތެއްގައި ގުޅުއްވާނެކަމަށެވެ.

އުތުރުގެ3 އަތޮޅުގެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ކޭއާރއެޗްއަކީ ހޮނިހިރު ދުވަހު އާންމުގޮތެއްގައި ބާރުބޮޑުވާ ހޮސްޕިޓަލެކެވެ. އެހެންކަމުން ހޮނިހިރު ދުވަހަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހުކުރު ދުވަހު ގުޅާ ގިނަ ފަރާތްތަކަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. މިބަދަލުގެ ސަބަބުން އެކަމަށް ލުއިތަކެއް ލިބިގެން ދާނެކަމަށް ބެލެވެއެވެ.