މާލޭގެ ޕޯސްޓުގެ ހިދުމަތްތައް "ޕޯސްޓް ސާވިސް ސެންޓަރަށް" ބަދަލުކޮށްފި
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން “މޯލްޑިވްސް ޕޯސްޓް – ސަރވިސް ސެންޓަރ” އަށް ބަދަލުކުރެވިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބަދަލަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ޕޯސްޓް ބިލްޑިންގ ކުރިމަތީ އޮންނަ ބޮޑުތަކުރުފާނުގެ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. މިހާރު ޕޯސްޓުގެ ޚިދުމަތްތައް ދެމުން ގެންދާނީ މ. އައިރިސް، އޯކިޑް މަގު، ގްރައުންޑް ފްލޯގައެވެ....