އެލް ސްޓޫޑިއޯ އާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އެޕަލް ވޮޗް އީ-ސިމް ޕްރޮމޯޝަންގެ ފައިދާ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން އެ ކުންފުނިން ހަނދާންކޮށްދީފިއެވެ.
މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން، އެލް ސްޓޫޑިއޯ ފިހާރައިން އެޕަލް ވޮޗްގެ ކަނޑައެޅޭ މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު ހަރަދަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ.
މި ހިދުމަތަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާތީ، ވީހާވެސް އަވަހަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތިވެސް، އެޕަލް ވޮޗް މެދުވެރިކޮށް ގުޅުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ބެލުމުގެ އިތުރުން އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ އެޕަލް ވޮޗްގެ އީ-ސިމް ޓެކްނޮލޮޖީއަކީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭ، މިނިވަންކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އެޕަލް ވެއަރަބަލް ކަނެކްޓިވިޓީ ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސްއެވެ.
މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް ސްޓޫޑިއޯ ފިހާރައިން ގަންނަ އެޕަލް ވޮޗްތަކަށެވެ. ހަ މަސް ދުވަހުގެ ހިލޭ ހިދުމަތަށްފަހު، ކަސްޓަމަރުންނަށް މަހަކު 199 ރުފިޔާގެ ރޭޓުން މި ހިދުމަތް ކުރިއަށް ގެންދެވޭނެއެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޑިޖިޓަލް ދަތުރުގައި އިސް ދައުރެއް އަދާކުރަމުންދާއިރު، އެ ކުންފުނީގެ 'ޑިޖިޓަލް މޯލްޑިވްސް'ގެ ތަސައްވުރާ އެއްގޮތަށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ގުޅިފައި ހުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް: https://discover.ooredoo.mv/apple-watch-cellular
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!