ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ށ. ކޮމަންޑޫ ޗަމަން މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ.

މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، ވަކިން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

Ad
d

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގަައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމް އަދާކުރެއްވިއެވެ.

މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަރްޙޫމްގެ ޢާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މަރްޙޫމަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

Ad
df

މޫސާ ރަމީޒަކީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، އަދި ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.