އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 18 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތަކަށް ސ ހިތަދޫ، އަމްސަދު ނަޖުމީ ހޮވިފައިވާކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އަމްސަދުގެ ބަދަލުގައި މި އިނާމާ ހަވާލުވެލީ އިގްބާލް އަލީއެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން ނަސީބުވެރި ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މިގޮތުން މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކެމްޕެއިންގެ 20 ވަނަ ނަސީބުވެރިއަކަށް ހޮވޭ ފަރާތަށް، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.

Ad
rt

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރަން ޖެހޭނެއެވެ. އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރުމުން މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެއެވެ. މިއީ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮމޯޝަނެކެވެ.

ވިހި އަހަރުގެ ކުޑަ މުއްދަތެއްގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ މަންސަތަކަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.