މިރޭ ފަތިހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓު
މިރޭ ފަތިހުން ފެށިގެން ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ މުޅި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާކަމަށެވެ. ވައި ޖެހޭނީ އެވްރެޖްވަރެއްގައި ކަމަށްވެސް އެއިދާރާއިން ލަފާކުރައްވާފައިވެ އެވެ. މެޓު އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާ...