މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތުގެ އަމަލު"ގެ ބިލަކީ "ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ސެކިއުލަރ ބިލެއްކަމަށް ރ. މީދޫ ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން މިހެން ބުނެފައިވަނީ އެކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ މިބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސް އެޅިގެންދާކަމަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލުން މި ބިލް ހުށައެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ އެބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުރުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ހުށައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އާޏްމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ނުވަރަ ސިފަކުރުމުގައި ވައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތު ކުރުންވެސް ކުށަކަށްވާނެކަމަށެވެ.
“އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންނަށް ސެކިއުލަރ ބިލަށް ވޯޓު ނުދެއްވުމަށް މިރަށުގެ ރައްޔިތުންނާއި މި ކައުންސިލްގެ ނަމުގައި ގޮވާލަމެވެ.” ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ އިސްލާހަށް ވޯޓު ނުދިނުމަށް ދިވެހި އެންމެހާ ރައްޔިތުންވެސް ވަކިވަކި އެ ރައްޔިތަކު ނިސްބަތްވާ ދާއިރާގެ މެންބަރުންގެ ކިބައިން އެދުމަށް ގޮވާލާކަމަށް ބުނެފަފައިވެއެވެ.
"ބޭން ސެކިއުލަރ ބިލް" ގެ ނަމުގައި މި ބިލާއި ދެކޮޅަށް މީސްމީޑިޔާގައިވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!