ހއ. އަތޮޅު ހޮސްޕިޓަލުގައި ކުއްލިގޮތަކަށް ނިޔާވި ބިދޭސީއެއް، ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އުމުރުން 51 އަހަރުގެ ބަނގުލަދޭސް ރައްޔިތަކު މިއަދު 11:30 ގައި ނިޔާވެފައިވާކަމަށެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ނިޔާވި ބަންގުލަދޭޝް މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މިމީހާއަކީ ހއ. ދިއްދޫގަ ހުންނަ "އެކުވެރި ޓެއިލާސް" ނަމަކަށް ކިޔާ ފަހާ ތަނެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
"މި ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން "އެކުވެރި ޓެއިލާސް" ތަނައް ދިޔަ ބޭފުޅުން ކޮންޓެކްޓް ޓްރޭސިންއަށް ގުޅައި މަޢުލޫމާތު ހިއްސާކުރުން އެދެން."
އެހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.
Today (25/06/21) at 11:30 am a 51-year-old Bangladeshi male brought to HA Atoll Hospital was declared dead
This is the 209th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
— Health Protection Agency (@HPA_MV) June 25, 2021
މިއަދު ދިއްދޫއިން ނިޔާވި މީހާއާ އެކު އެރަށުން މިބަލީގަ ނިޔާވި މީހުންގެ އަދަދު މިވަނީ 2 އަކަށް އަރާފަ އެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 209ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 190 ދިވެހިންނާއި 19 ބިދޭސީންނެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ބޯކޮށާ ތަނެއްގަ މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އެއާއިއެކު އެޗް.ޕީ.އޭއިން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އާ ހަމައަށް ޕޮޒިޓިވްވެފައިވާ 266 މީހުންގެ ތެރެއިން، 112 މީހުންނަކީ ތަރައްޤީ ކުރަމުންދާ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ދެން ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 41 މީހުންނާ، މީހުން ދިރިއުޅޭ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި 105މީހުންނާ، ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 72944އަށް އަރާފައެވެ.
ކޯވިޑްގެ ކޭސްތައް މިދިޔަ މަހު 24000ހާހުގަ ހުރުމަށްފަހު މިހާރު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފަ ތިބި މީހުންގެ އަދަދަކީ 4295އެވެ. ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 31 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 232 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 68429 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5264 ސާމްޕަލް ތަހުލީލުކުރުމަށް ވަނީ ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!