ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އެއާރޕޯޓް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުން
މި ވެރިކަމުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުންކަމުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ، އުތުރުގެ ތަރައްޤީ އަށް ސަރުކާރުން ވަނީ އިހުމާލުވެފައިކަމަށެވެ. މީގެ އިތުރުން އަމީން ވިދާޅުވެފައިވަނީ، ސަރަހައްދީ ތަރައްޤީ ހަލުވިވާނީ ހަނިމާދޫ އަށް ބޭރު...